ކުޅުދުއްފުށީގައި ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރެއްވި ދެބުދާރުގެ، އާދަމް އިސްމާއިލް މިއަދު ފަތިހު ނިޔާވެއްޖެ އެވެ.
އާދަމް އިސްމާއިލަކީ ކުޅުދުއްފުއްޓަށް ޖިމްނާސްޓިކާއި، ކެޑޭޓް ހަރަކާތް ތައާރަފްކޮށް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވި ބޭފުޅެެކެވެ. އަދި ރަށުގައި ފުޓް ބޯޅަ ކުރިއަރުވަން ވެސް ގިނަ މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ.
މީގެ އިތުރުން ކުޅުދުއްފުށީ ބަަތަލް ޝަހީދު ހުސެއިން އާދަމްއަކީވެސް، އާދަމް އިސްމާއިލްގެ ދަރިވަރެކެވެ. އެގޮތުން ސިފައިގެން ހިދުމަތުގައި ކުރިއަށް ދިއުމަށް ހުސެއިން އާދަމްއަށް ހިއްވަރު ދެއްވާފައި ވެއެވެ.
އާދަމް އިސްމާއިލަކީ 1971 ވަނަ އަހަރު ބޭއްވި 21 ވަނަ ގައުމީ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމުވެސް ހޯދާފައިވާ ބޭފުޅެކެވެ. އާދަމް އިސްމާއިލް ނިޔާވިއިރު އުުމުރަކީ 88 އަހަރެވެ.
ކުޅުދުއްފުށީގައި ވަނީ އާދަމް އިސްމާއިލް ލީގުގެ ނަމުގައި ފުޓް ބޯޅަ މުބާރަތް ތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ.