twitterviber whatsapp telegramfacebookyoutube instagram
6th May 2024

މާޗް މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އަދި ނުނިންމަން: އީސީ

ނަބީލާ އިސްމާޢީލް
Dec 24, 2020

އަންނަ މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް އަދި ނުނިންމާ ކަމުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އެޕްރީލް މަހުގައި ބާއްވަން ކުރިން ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައި ވަނީ މުޅި ދުނިޔޭގައި ވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެންނެވެ.

އޮންލައިން ނޫސް އަވަސްއަށް މައުލޫމާތު ދެއްވަމުން އީސީގެ ރައީސް ޝަރީފް ވިދާޅުވީ އަންނަ މާޗުމަހު އިންތިހާބު ބޭއްވުމަށް އިދާރީ ގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީއެއް މިހާރުވެ ނިމިފައިވާ ކަމަށެވެ. އަދި މާޗު މަހު އިންތިހާބު ނުބޭއްވޭނެ ކަމަށް ބައެއް މީޑިއާތަކުގައި ބުނެފައިވީ ނަމަވެސް އަދި އެ ގޮތަށް ނުނިއްމާ ކަމުގައި ޝަރީފު ވިދާޅުވި އެވެ.


އެޗްޕީއޭއާއެކު މިދިއަ ހަފްތާގައި އިންތިހާބު ބޭއްވުމާމެދު ބައްދަލުވުމެއް ބޭއްވުނު ކަމަށާއި، ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވޭނެ ތާރީހެއް އަދި ބުނަން ނޭނގޭކަމަށް އެޗްޕީއޭއިން ބުނެފައިވާކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ.

އިންތިހާބާ ބެހޭ ހާއްސަ ގާނޫނުގެ ދަށުން އަންނަ މެއި މަހުގެ ނުވަ ވަނަ ދުވަހަކީ އެންމެ ފަހު ތާރީހުކަމަށް ބަޔާންކޮށްފައިވާއިރު، މާޗް މަހުގެ ތެރޭގައި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާފައިވަނީ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ރޯދަ މަސް ފެށޭތީ ކަމަށް ޝަރީފް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355