twitterviber whatsapp telegramfacebookyoutube instagram
21st September 2026

ދިގު މުއްދަތަށް ދިރާގަށް ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި

Dec 26, 2020

ދިރާގުގައި ދިގު މުއްދަތަށް ހިދުމަތްކުރި 65 މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

އެ މުވައްޒަފުންގެ އަގު ވަޒަން ކުރުމަށް ވާޗުއަލްކޮށް ބޭއްވި ރަސްމިއްޔާތުގައި 200 ސްޓާފުން ބައިވެރިވި އިރު މި ރަސްމިއްޔާތުގައި

އެ ކުންފުންޏަށް 10 އަހަރާއި 15 އަހަރާއި 25 އަހަރު ހިދުމަތް ކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކުރި އެވެ.

މި ރަސްމިއްޔާތުގައި ތެރޭގައި ރީޖަނަލް އޮޕަރޭޓިން ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުން ވެސް ބައިވެރިވެފައި ވެއެވެ.

މިފަދަ ހަރަކާތެއް ބޭއްވީ މުވައްޒަފުންގެ އަގު ވަޒަންކޮށް އެ ކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ހިތްވަރުދިނުމުގެ ގޮތުން ކަމަށް ދިރާގުން ބުންޏެވެ.

ދިގު މުއްދަތުގައި މަސައްކަތް ކުރި މުވައްޒަފުން ވަނީ އެ މުވައްޒަފުންނަށް މިދިޔަ ދުވަސްތަކުގައި ހާސިލްވި ކަންކަން ފާހަގަކޮށް، އެކަންކަން އެހެން މުވައްޒަފުންނާއި ހިއްސާކޮށްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293