twitterviber whatsapp telegramfacebookyoutube instagram
28th March 2024

މަތީ ދަރަޖަ ހޯދި ފަރާތްތަކަށާއި ހާފިޒުންނަށް މެޑެލް ދީފި

ނަބީލާ އިސްމާޢީލް
Dec 27, 2020

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމާއި، ކީރިތި ގުރްއާން ހިތުދަސްކޮށް އެއްވަނަ ދަރަޖައިގައި ފާސްވި ހާފިޒުންނަށް ރައީސް ދެއްވާ ހާއްސަ މެޑެލް ރޭ ދެއްވައިފި އެވެ.

އެ އިނާމުތައް ދީފައިވަނީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މި އަހަރު ލިބިވަޑައިގަތީ، 20 ބޭފުޅަކަށެވެ. އެ ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލެއްވި ހާއްސަ އިނާމާބެހޭ ކޮމިޓީންނެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު، މި އަހަރު 20 ބޭފުޅަކަށް ލިބިވަޑައިގަތެވެ. އެ ބޭފުޅުން ހޮއްވެވީ އެކަމަށްޓަކައި ރައީސް އެކުލަވައިލެއްވި ހާޢްސަ އިނާމާބެހޭ ކޮމިޓީންނެވެ.

ރައީސް ދެއްވާ މެޑެލް ހާސިލު ކުރެއްވީ، ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލު ކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދަވާފައިވާ ބޭފުޅަކާއި، މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެމަތީ ވަނަ ހޯއްދެވި 13 ބޭފުޅަކާއި، އަދި ބައިނަލްއަގުވާމީ މުބާރާތްތަކުން ނުވަތަ އެނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދަވާފައިވާ ހަ ބޭފުޅެކެވެ.

އެގޮތުން ރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހޯއްދެވީ ޑރ. ނައުޝާދު މުހައްމަދު، މއ. އަމީނީވިލާ އެވެ.

ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7، ނުވަތަ ލެވެލް 8، ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލުކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވީ:

މާސްޓަރޒް ޑިގްރީ

  • މަރްޔަމް އަނާ ހަސަން، މއ. ހުދުއާނު
  • އަލީ ސުޒޭނު، ކުދިމާގެ، ހއ. އިހަވަންދޫ
  • މުންޝިދާ އިބްރާހީމް، ގ. އޮނުހިރި
  • އުޒްމާ އަބްދުއްލަޠީފް، މ. ކޮކާވިލާ
  • އަހުމަދު ފިޟާލް، ވެނީލާގެ، ރ. އަލިފުށި
  • މަރްޔަމް ނަޒާހާ، މ. ލުނާވަ
  • މަރްޔަމް މޫނިސާ ހުސައިން، ކަރަންކާވިލާ، ސ. ފޭދޫ
  • އާމިނަތު ރަޝްފާ، ދިލާސާގެ، އއ. ފެރިދޫ
  • އާމިނަތު އީމާން އަބްދުލްޣަފޫރު ، މއ. ރޯޒް 1

ބެޗްލަރސް ޑިގްރީ

  • ފާތިމަތު މިޒުނާ، ކަނީރުހިޔާ، ރ. ރަސްގެތީމު
  • އާއިޝަތު ލަމްހާ ހުސައިން ރަމީޒު، ވާދީ، ނ. ކުޑަފަރި
  • ހަސަން ސާމިލު، ތަރި، ޅ. ކުރެންދޫ
  • އަމާނީ އަޓިއެނޯ އޮންޔަންގޯ، ގ. ކިސޫމޫ

ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މި ނޫން ވެސް ބައިނަލްއަގުވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯއްދެވީ:

  • ސިފުނާ އިބްރާހީމް، ފެހިވާދީ، މ. މުލައް
  • މިޝްކާ އަފްރާޙް ހަސަން ، ހ. އަރުމްލިލީ
  • ހުސައިން ޒަޔާން ޝަހީދު ޒަކީ، މ. ނޫރާނީގެ
  • ފާޠިމަތު ނަބާހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4843
  • އާމިނަތު ނަބީހާ ޢަބްދުއްރައްޒާޤު، ދަފްތަރު ނަންބަރު ރސ 4844
  • ސްޓާފް ސާޖަންޓް ހަސަން ސާއިދު، ނިޔަމި، ކ. ގާފަރު

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވެގެން ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މެޑެލް ހާސިލުކުރި 4 ޙާފިޡުންނަކީ:

  • އަލްޙާފިޡާ އައިޝަތު ރަފާހު އަލީ، މއ. ހެބޫދޫގެ
  • އަލްޙާފިޡާ ނަވާރު ފިރާޤް މުހައްމަދުފުޅު، ވިންޓަރގްރީން، ޅ. ނައިފަރު
  • އަލްޙާފިޡް އަހުމަދު ޒަވްލު، ޝަބްނަމީގެ، ދ. ކުޑަހުވަދޫ
  • އަލްޙާފިޡް މުހައްމަދު ޔޫޝަޢު ބިން ޒަމްޒަމް، މއ. ރިހިރާޅު

ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ހާއްސަ އިނާމު ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް ތަހުނިޔާ ވިދާޅުވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355