twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ފަރާތަކަށް، ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ފަރާތަކަށް ދީފި

ނަބީލާ އިސްމާޢީލް
Dec 27, 2020

ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ގައުމީ އިނާމު 14 ބޭފުޅަކަށް އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 24 ބޭފުޅަކަށް ދީފި އެވެ.

އެ އިނާމުތައް ދީފައިވަނީ، ދިވެހި ދައުލަތުން ދެއްވާ އެކިއެކި އިނާމުތައް ދެއްވުމަށާއި، އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ޝަރަފުގެ އައްޑަނައާއި ޝަރަފުގެ ބެޖު ދެއްވި އިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަށް ދެއްވީ، ހަނދާނީ ފިލާއެކެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންނެވި 14 ބޭފުޅުންގެ ތެރެއިން ހަ ބޭފުޅުންނަކީ، މީގެކުރިން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނެވެ.

ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ:

1. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
މުޙައްމަދު ރަޝީދު (ކޮޕީ ރަޝީދު)، މއ. ކޮޕީގެ

2. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަބްދުލްއަޒީޒު ޖަމާލު އަބޫބަކުރު، މާޒީ، ލ. މާވަށް

3. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އަލްމަރްޙޫމް މުހައްމަދު ވަހީދުގެ ހަނދާނަށް

4. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން:
އިބްރާހީމް ވަޙީދު، ގ. ކަލާވެހި

5. ސިއްހީ ދާއިރާއިން:
ޑޮކްޓަރ ނާއިލާ އިބްރާހީމް މުހައްމަދުދީދީ، ގ. ފެއިތު

6. މަސްވެރިކަމުގެ ދާއިރާއިން:
އަދުނާން އަލީ، ގ. އާސަމް

7. ފަތުރުވެރިކަމުގެ ދާއިރާއިން:
އަހުމަދު ސަލީމް، ހ. ގަދަމޫ

8. ދަނޑުވެރިކަމުގެ ދާއިރާއިން:
މުހައްމަދު ވަހީދު، އައްސޭރި، ށ. މަރޮށި

9. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން:
މަރްޔަމް ވަޙީދާ، ހ. ދުނި

10. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން:
މުއުމިނާ އިބްރާހީމް، ހ. ނޫމާގެ

11. ކުޅިވަރުގެ ދާއިރާއިން:
މުހައްމަދު ސައީދު، ކުދިމާ، ގދ. ތިނަދޫ

12. ކުޅިވަރުގެ ދާއިރާއިން:
ހުސައިން ރަޝީދު ހަސަން، ގ. ހުދުރުވާގެ

13. ކުޅިވަރުގެ ދާއިރާއިން:
އަހުމަދު ލަތީފް، ހ. ސީވީޑް

14. ވިޒުއަލް އާޓްސްގެ ދާއިރާއިން:
މުހައްމަދު މަނިކު، ހ. ވަވޮއި

ހިތްވަރު ދިނުމުގެ ގައުމީ އިނާމު އެރުވި 24 ބޭފުޅުންނަކީ:

1. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އަލްޤާރީ މައުސޫމް ސަލީމް، ޝަބްނަމްގެ، ކ. ކާށިދޫ

2. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ އިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އައްޝައިޚު ޝަރަފުއްދީން އަލީ، ފަލާހީ، ރ. އަލިފުށި

3. ކީރިތި ޤުރްއާން ކިޔެވުމާއި، އުނގަންނައިދިނުމާއި، ކީރިތި ޤުރްއާނުގެ ޢިލްމުގެ ދާއިރާއިން؛ ކީރިތި ޤުރްއާން އުނގަންނައިދިނުމުގެ ރޮނގުން:
އަލްޤާރީ ޢަބްދުﷲ ޢިމާދު، ގ. ޒަމާނީޤުލްޝަން

4. އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި، ދީނަށް ޚިދުމަތްކުރުމާއި، ދީނީ ޢިލްމު އުނގަންނައިދިނުމުގެ ދާއިރާއިން؛ ދީނީ ރޮނގުން ހިދުމަތްކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
ޑޮކްޓަރ ސައުދުﷲ އަލީ، އެއްގަމުގެ، ބ. ކެންދޫ

5. ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން؛ ދިވެހިބަހާއި ބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން:
ޑޮކްޓަރ އަޝްރަފް އަބްދުއްރަހީމް، ރޭނިގެ، ނ. ކުޑަފަރި

6. ގައުމީ ތަރިކައިގެ ދާއިރާއިން؛ ގައުމީ ތަރިކަ ރައްކައުތެރިކުރުމުގެ ރޮނގުން:
މުހައްމަދު ޠާރިޤު، ރަތްވިލާގެ، ނ. މަނަދޫ

7. ތަޢުލީމީ ދާއިރާއިން؛ އުނގެނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށާއި މީހުންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ރޮނގުން:
ހަސަން މުހައްމަދު މއ. މާވަރު

8. ސިއްހީ ދާއިރާއިން؛ އާންމު ސިއްހަތު ކުރިއެރުވުމާއި، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ރޮނގުން:
ޑޮކްޓަރ ޖުމޭލާ ބޭގަމް، ގ. ނިލަންދޫ

9. ސިއްހީ ދާއިރާއިން؛ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން:
ޑޮކްޓަރ މުޙައްމަދު ސޯލިހު، ކުއްޅަވައްގެ، ސ. ހުޅުދޫ

10. ސިއްހީ ދާއިރާއިން؛ ސިއްހީ ދާއިރާ ތަރައްގީ ކުރުމުގެ ރޮނގުން:
ޑޮކްޓަރ މުހައްމަދު ޝާފިޢު، މ. ޕޯލްސްޓާރ

11. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޒުވާނުންގެ ތަރައްގީއަށާއި، ޒުވާނުން ބިނާކުރުމަށާއި، ހިލޭސާބަހަށް މަސައްކަތް ކުރުމުގެ ރޮނގުން:
މައީދު މުހައްމަދު ޒާހިރު، މއ. ކިނާރާހައުސް

12. އިޖުތިމާޢީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
ސައުދުﷲ ހިލްމީ، ފަތިސް، ގދ. ތިނަދޫ

13. އިޖުތިމާއީ ހިދުމަތުގެ ދާއިރާއިން؛ ޖަމާއަތަށް ފައިދާހުރި މަސައްކަތްތައް ކުރުމުގެ ރޮނގުން:
މުހައްމަދު މާޒިން، ވ. ނޯޗާންސް

14. ކުދިފަންތިއާއި، މެދުފަންތީގެ ވިޔަފާރީގެ ދާއިރާއިން؛ ފެހުމާއި ޖަރީކުރުމުގެ ރޮނގުން:
ހަސަން ހުސައިންފުޅު، އައިރިސްގެ، ރ. ކަނދޮޅުދޫ

15. ހެއަރ އެންޑް ބިއުޓީގެ ދާއިރާއިން؛ މީހުން ބިނާކުރުމާއި މަސައްކަތް ކުރިއެރުވުމުގެ ރޮނގުން:
ޝީޒާ އިމާދު، މ. ވޭލްޝާރކް

16. ހަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން؛ ނޫސްވެރިކަން ކުރިއެރުވުމާއި، މައުލޫމާތު ފެތުރުމުގެ ރޮނގުން:
އަލީ ސަމްޢާން، ފެހިވިލާގެ، ހއ. ކެލާ

17. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:
އަލީ ހުޝްރުވާން އަހުމަދު، ހ. މާކަރީހައުސް

18. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:
އަބްދުﷲ އަރީފް، ނެދުންގެ، ރ. ރަސްމާދޫ

19. ކުޅިވަރުގެ ދާއިރާއިން؛ މޫދު ކުޅިވަރު އާލާކޮށް ތަރައްޤީ ކުރުމުގެ ރޮނގުން:
އިބްރާހީމް ހުސައިން، ގ. އޮއިވާލި

20. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
ޝުޖާއު ސަލީމް، ހ. ރުމޭނިޔާ

21. ކުޅިވަރުގެ ދާއިރާއިން؛ މީހުން ތަމްރީނު ކުރުމުގެ ރޮނގުން:
ޔޫސުފް ޢަޡީމް، ހ. ފެއަރީޕެލަސް

22. ވިޒުއަލް އާޓްސްގެ ދާއިރާއިން؛ ފޮޓޯގްރަފީގެ ރޮނގުން:
އަލީ ނިޝާން، ގ. ކޫލްގްރާސް

23. ވިޒުއަލް އާޓްސްގެ ދާއިރާއިން؛ ފައިން އާޓްސް (ލިޔުމާއި، ކުރެހުމާއި، ފަރުމާކުރުން)ގެ ރޮނގުން:
ހުސައިން އިހުފާލް އަހުމަދު، ހ. ފްލޭޝް

24. ޒުވާނުންގެ ދާއިރާއިން؛ ހިލޭސާބަހަށް މަސައްކަތް ކުރުމާއި، މަސައްކަތް ކުރުމުގެ ރޫޙު އާލާކުރުމުގެ ރޮނގުން:
އަލީ ރަޝީދު، ކުންނާރުގެ، ދ. ރިނބުދޫ

ސަރުކާރުން ދެމުން ގެންދާ ގައުމީ އިނާމަކީ، ދިވެހި ގައުމާއި ދިވެހި މުޖުތަމައުގެ ލާބައާއި މަންފާއަށްޓަކައި ވަކިވަކި ފަރުދުންނާއި، މަދަނީ މުއައްސަސާތަކުންނާއި، މަދަނީ ޖަމުއިއްޔާތަކާއި ޖަމާއަތްތަކުންނާއި، ވިޔަފާރި އިދާރާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ދިވެހި ޤައުމުގެ ތަރައްޤީގައި ކުރަމުންގެންދާ މަސައްކަތްތަކުގައި، އެ ފަރާތްތަކުން ހޯދާ ކުރިއެރުންތައް ބަލައިގަނެ، އެ ކަންކަމުގެ އަގު ވަޒަންކޮށް، އެ ފަރާތްތަކަށް ހިތްވަރުދިނުމުގެ މަޤްޞަދުގައި ދެވޭ އިނާމެކެވެ. ޤައުމީ އިނާމުގެ ގޮތުގައި ދެއްވަމުން ގެންދަވަނީ ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރުދިނުމުގެ ޤައުމީ އިނާމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355