twitterviber whatsapp telegramfacebookyoutube instagram
27th April 2024

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަސް: ނަރުސްކަން ކިޔަވަން ބޭނުންވާ ކުދިންނަށް ފަހި ފުރުސަތުތަކެއް

ޚަދީޖާ އާދަމް
Dec 27, 2020

އަންނަ އަހަރުގެ ޖެނުއަރީ އިންޓޭކުގައި ކުޅުދުއްފުށީ ކެޕްމަހުގައިވެސް ގިނަ ކޯސްތަކެއް ފަށާއިރު ނަރުސްކަން ކިޔަވަން ބޭނުންވާ ފަރާތް ގިނަ ފުރުސަތުތަކެއް ޖެނުއަރީ އިންޓޭކުގައި ފަށާ ނާސިން ކޯސްތަކުން ފަހި ވެގެން ދާނެެއެވެ.

ޖެނުއަރީގައި ނާސިންގެ 3 ކޯހެއް ފެށުމަށް ހަމަޖެހިފައިވެެއެވެ. އެއީ ސެޓްފިކެޓް 4 އިން ނާސިން، ޑިޕްލޮމާ އިން ނާސިން، ބެޗްލާރ އޮފް ސައިންސް (ބީއެސްސީ) އިން ނާސިން ހިމެނެއެވެ.

ސެޓްފިކެޓް 4 އިން ނާސިން:

މިއީ ނާސިންގެ ދާއިރާއަށް ވަންނަން ބޭނުން ވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ފައުންޑޭޝަން ޕްރޮގްރާމެވެ. މި ކޯހުގެ މުއްދަތަކީ 1 އަހަރު ދުވަހެވެ. ކޯހަށް ވަނުމުގެ ޝަރުތަކީ ޖީސީއީ އޯލެވެލް އިން ދިވެހި އަދި އިސްލާމް ފިޔަވާ 3 މާއްދާއިން ދަށް ވެގެން ސީ ފާހެއް އޮތުމެވެ.

ޑިޕްލޮމާ އިން ނާސިން:

3 އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ މި ކޯހުގެ ޝަރުތަކީ ޖީސިއީ އޯލެވެލް 3 މާއްދާއިން ދަށްވެގެން ސީ ފާހެއް އޮތުމާއި އޯލެވެލް ދެ މާއްދާއިން ފާހެއް އޮތުން ނުވަތަ އެމްއެންކިއުއެފް ލެވެލް 4 ކޯސް ފުރިހަމަކޮށްފައިވުން ނުވަތަ ޝަހަދަ ސާނަވީ ހިސާބު، ބައޮލޮޖީ/ހިއުމަން ބައޮލޮޖީ، ފިޒިކްސް/ކެމިސްޓްރީން ފާހެއް އޮތުން ނުވަތަ ސެޓްފިކެޓް 4 އިން ނާސިން ކޯސް ފުރިހަމަކޮށްފައިވުން ހިމެނެއެވެ.

ކޯހުގައި ބައިވެރިވެވޭނީ އައިއީއެލްޓީއެސްގެ އިނގިރޭސި ފާސް އޮތް ދަރިވަރުންނަށެވެ. އިނގިރޭސި ފާހެއް ނެތް ނަމަ އެ ކޮލެޖުން އެ ކޯސް ހެދުމުގައި މަގު ފަހިކޮށްދޭނެ އެވެ.

ބެޗްލާރ އޮފް ސައިންސް (ބީއެސްސީ) އިން ނާސިން

2 އަހަރަށް ފުލް ޓައިމްކޮށް ކިޔަވާގޮތަށް ފަރުމާކޮށްފައިވާ މި ކޯހުގެ ޝަރުތަކީ އެމްއެންކިއުއެފް ލެވެލް 5 ގެ ޑިޕްލޮމާއެއް އޮތުން އަދި މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީގެ ކައުންސިލްގައި ރަޖިސްޓްރީވެ، ލައިސަންސް އޮތުމެވެ. އަދި އައިއީއެލްޓީއެސްގެ އިނގިރޭސި ފާހެއް އޮތުމެވެ.

މި ކޯހަކީ އިނގިރޭސިވިލާތުގެ ޔޫވީ އާއި ވިލާކޮލެޖް ގުޅިގެން ހިންގާ އިންޓަނޭޝަނަލް ސެޓްފިކެޓެއް ލިބޭ ކޯހެކެވެ.

މާސްޓާރސް އިން ނާސިން

1 އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާ މިކޯހަކީވެސް އިނގިރޭސިވިލާތުގެ ޔޫވީ އާއި ވިލާ ކޮލެޖާއި ގުޅިގެން ހިންގާ ކޯހެކެވެ. މިކޯހުގައި ބައިވެރިވެވޭނީ ބެޗްލާރ އޮފް ނާސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. މޯލްޑިވްސް ނާސިންގ އެންޑް މިޑްވައިފްރީގެ ކައުންސިލްގައި ރަޖިސްޓްރީވެ، ލައިސަންސް އޮތުމާއި އައިއީއެލްޓީއެސްގެ އިނގިރޭސި ފާހެއް އޮތުންވެސް ޝަރުތުގައި ހިމެނެއެވެ. މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ލިބިގެންދާނީ އިންޓަނޭޝަނަލް ސެޓްޕިކެޓެކެވެ.

މި ކޯސްތައް ވިލާކޮލެޖު މެއި އަދި ސެޕްޓެމްބަރ އިންޓޭކުގައި ވެސް ބައިވެރިވުމަށް ހުޅުވާލާނެއެވެ.

މި ކޯސްތަކަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ މި ހިނގާ ޑިސެމްބަރު މަހު 31 ވަނަ ދުވަހެވެ. ކޯސްތަކަށް ވިލާކޮލެޖްގެ ވެބްސައިޓުން އޮންލައިންކޮށް އަދި ޑޮކިއުމެންޓުތައް އީމެއިލް ކޮށްގެންވެސް އެޕްލައި ކުރެވޭނެ އެވެ.

ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގައިވެސް ކިޔަވައިދެއްވަނީ މާލޭގައި ވިލާ ކޮލެޖްގައި ކިޔަވައިދެއްވާ ލެކްޗަރާއިންނެވެ. މި ކޯސްތަކާ ބެހޭ މައުލޫމާތު ވިލާ ކޮލެޖް ކުޅުދުއްފުށީ ކެމްޕަހުގެ 7980611 ނަމްބަރަށް ގުޅައިގެން ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355