twitterviber whatsapp telegramfacebookyoutube instagram
14th May 2025

ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ހުށައަޅައިފި

ޚަދީޖާ އާދަމް
Dec 27, 2020
1

ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ފާސްކޮށް، ނެޝަނަލް ޕޭ ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ދައުލަތުގެ މުވައްޒަފުންގެ ތެރެއިން އެންމެ ކުޑަ އުޖޫރައެއް ލިބޭ ބަޔަކީ، ސިވިލް ސާވިސްގެ މުވައްޒަފުންނެވެ. މުސާރަ ނިސްބަތުން ކުޑަވެފައި އެކި ދާއިރާތަކުގައި މުސާރައިގެ ބޮޑު ފަރަގެއް ހުރުމަކީ ވަރަށް ބޮޑު ޝަކުވާއެކެވެ.

ސިވިލް ސާވިސްގައި 24،514 މުވައްޒަފުން މަސައްކަތް ކުރާއިރު އެންމެ ގިނައީ އެޑްމިނިސްޓްރޭޝަން ދާއިރާގެ މުވައްޒަފުންނެވެ. ކޮމިޝަނުން ހުށަހެޅީ އެންމެ ދަށްވެގެން 30 ޕަސެންޓަށް މުސާރަ ބޮޑުކޮށްދޭށެވެ. އެއީ އަސާސީ މުސާރައިގެ ގާތްގަނޑަކަށް 4000-5000ރ. އާ ދެމެދުގެ ކުރިއެރުމެކެވެ.

ސިވިލް ސާވަންޓުންގެ މުސާރަ އެއް ހަމައަކަށް ގެނެސް، މުސާރައިގެ ތަފާތުތައް ކުޑަކޮށް، މުސާރަ ބޮޑު ކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު ވައުދެއްވެސް މެއެވެ. އެގޮތުން ދައުލަތުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ހަމަހަމަ ކުރަންޖެހޭ ކަމަށާއި އެކަން ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ވެސް މިދިޔަ މާޗް މަހުގެ ތެރޭގައި ވަނީ ބުނެފަ އެވެ.

ސިވިލް ސާވަންޓުންގެ މުސާރަ އަށް އެންމެ ފަހުން ބަދަލު ގެނެސްފައި ވަނީ 2018ގެ ފެބްރުއަރީ މަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355