twitterviber whatsapp telegramfacebookyoutube instagram
13th June 2026

ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓަށް ވަންނުމަށް އެދޭ ފޯމު ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފި

Dec 28, 2020

ކުޅުދުއްފުށީގައި އަލަށް ހުޅުވި ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓަށް ވަނުމަށް އެދޭ ފޯމު ހުށައެޅުމުގެ މުއްދަތު މި ހިނގާ ޑިސެންބަރު މަހުގެނިޔަލަށް އިތުރުކޮށްފިއެވެ.

ފޯމު ހުށައެޅުމަށް ކުރިން ހުޅުވާލި މުއްދަތު މިދިޔަ ބުރާސްފަތި ދުވަހަށް ހަމަވެފައިވާއިރު، މިހާރު މި އިތުރުކުރި މުއްދަތު ހަމަވާނީ ޑިސެންބަރު މަހުގެ 31ވާ ބުރާސްފަތި ދުވަހުގެ 15:00 އަށެވެ.

ސްމާޓް ވެލީ ލާނިންގ އިންސްޓިޓިއުޓުގައި، ދިރާސީ އާ އަހަރާއެކު ކިޔަވައިދޭން ފެށުމަށް ވަނީ ނިންމާފައެވެ. ކުޅުދުއްފުށީ ހުކުރު މިސްކިތާ ޖެހިގެން އުތުރުން، އަމީނީމަގާއި މަގާންމަގު ގުޅޭ ކަންމަތީގައި ހުރި މި އިންސްޓިޓިއުޓުން ޖެނުއަރީ މަހު ފެށުމަށް ހުޅުވާލާފައިވަނީ ބޭބީ ނާސަރީއާއި ނާސަރީ ގެ ރަސްމީ ތަޢުލީމެވެ.

މީގެ އިތުރުން ޕްރީ ސްކޫލް ގްރޭޑްތަކުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ޓިއުޝަނުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފައެވެ.


މި އިންސްޓިޓިއުޓް ހުޅުވާފައި ހުންނާނީ ރަސްމީ ބަންދު ދުވަސްތައް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން 15:00 އަށެވެ. 7700551 ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355