ގަތަރު އެއާވެސްއިން ރައްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ. އެގޮތުން މިހާރު އެ އެއާވޭސް އިން ރާއްޖެއަށް ދުވާލަތު 4 ދަތުރުކުރުމަށްވަނީ ނިންމާފައެވެ.
ރާއްޖެއަށް ކުރާ ދަތުުރުތައް އިތުރުކުރުމަށް އެ އެއާވޭސްއިން ނިންމީ ރާއްޖެއަށް ރަނގަޅު ޑިމާންޑެއް އޮތުމުންނެވެ. މީގެ އިތުރުން އެ އެއާލައިނުން ވަނީ ރާއްޖެއާއި ގަތަރާ ދެމެދު ޓްރެވަލް ބަބުލްއެއް ގާއިމްކޮށް އޭގެ ޕެކޭޖުތައް ވެސް ތައާރަފްކޮށްފައެވެ.
މީގެ ކުރިން ގަތަރު އެއާވޭސް އިން ރާއްޖެއަށް ކުރަމުން އައީ 3 ދަތުރެވެ. ފްލައިޓު އިތުރުކޮށްފައި މިވަނީ އެ އެއާވޭސްގެ ޕެކޭޖުތަކަށް ފަތުރުވެރިންގެ މެދުގައި އޮތް މަގުބޫލްކަން އިތުރުވެ ޕެކޭޖުގެ މުއްދަތުވެސް އިތުރުކުުރުމަށްފަހު އެވެ.
މި ޕެކޭޖު ތަޢާރަފްކުރިއިރު، މިޕެކޭޖުގެ ދަށުން ރާއްޖެއަށް ދަތުރު ކުރެވޭނީ 1 ޑިސެމްބަރާއި 7 ޖެނުއަރީ އާ ދެމެދުއެވެ. ނަމަވެސް މިހާރުވަނީ ޖެނުއަރީ 31 ވަނަ ދުވަހާއި ހަމައަށް މުއްދަތު އިތުރުކޮށްފައެވެ.