twitterviber whatsapp telegramfacebookyoutube instagram
10th November 2025

ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އާ ސަފީރު މަގާމުގެ ފަތްކޮޅު އަރުވައިފި

ޚަދީޖާ އާދަމް
Dec 30, 2020

ރާއްޖޭން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އާ ސަފީރު މަގާމުގެ ފަތްކޮޅު އަރުވައިފި އެވެ. ރާއްޖޭން ބަންގްލަދޭޝްއަށް ކަނޑައެޅުއްވި އާ ސަފީރަކީ ޝިރުޒިމަތު ސަމީރެވެ.

ސަފީރުކަމުގެ މަގާމަށް ޝިރުޒިމަތު ސަމީރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އައްޔަނުކުރައްވާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުއެވެ.

އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބަންގްލަދޭޝްގެ ރައީސް އެމް.ޑީ ޢަބްދުލް ހަމީދަށް އަރުވާފައިވަނީ އެކަމަށްޓަކާ ބަންގްލަދޭޝްގެ ރައީސްގެ ރަސްމީގެކޮޅު ބަންގަބަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތަށްފަހު ބަންގްލަދޭޝްގެ ރައީސް އެމް.ޑީ އަބްދުލް ހަމީދު ވަނީ އެކަމަނާއާ ބައްދަލުކުރައްވާ މަރުހަބާ ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްއާއި ރާއްޖެ ގުޅިގެން އެކި ދާއިރާތަކުން މަސައްކަތްކުރުމާގުޅޭގޮތުން ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ. އަދި ބަންގްލަދޭޝްގެ ރައީސް ވަނީ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ގައުމުން އަބަދުވެސް ތައްޔާރަށް އޮތްކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުންވެސް ދެ ބޭފުޅުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355