twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކޮވިޑް ވެކްސިން ރައްކާކުރެވޭނެ ގޮތް ހަދަނީ

Dec 31, 2020

ކޮވިޑް-19ގެ ވެކްސިން ރައްކާކުރުމަށް މާލެއާއި އަތޮޅުތަކުގައި ފިނި ކޮށާރުތަކެއް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ބުނެފި އެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ މުޅި ރާއްޖެއަށް ބޭނުންވާ ސަރަޙައްދީ ފިނި ކޮށާރު ވަކިތަނެއްގައި ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި އެގޮތުން އެތަން ހެދުމަށް ބޭނުންވާ ބިން ކަނޑައަޅައި ތަނުގެ ކުރެހުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށެވެ.

ޑރ.ނަޒްލާ ވިދާޅުވީ ސަރަޙައްދީ ފިނި ކޮށާރަށް ބޭނުންވާ "ވޯކް އިން ފްރީޒަރސް" އަދި އެހެނިހެން ވަސީލަތްތައްވެސް ޑަބްލިޔުއެޗްއޯގެ އެހީއާއެކު ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އަތޮޅުތަކުގައި މިކަމަށްޓަކައި ގާއިމުކުރާ ފިނި ކޮޓަރިތައް ހެދުމަށް ހަމަޖެހިފައިވަނީ ބައެއް ސަރަހައްދުތަކުގެ ސިއްހީ މަރުކަޒުތަކުގައެވެ.

ނަޒްލާ ވިދާޅުވީ އަތޮޅު ހޮސްޕިޓަލްތަކުގައާއި ރީޖަނަލް ހޮސްޕިޓަލްތަކުގައިވެސް ހުރީ ވެކްސިން ރައްކާކުރަން ހާއްސަ ފްރިޖްތަކެއް ކަމުގައެވެ.

އެތަންތަނުގައި ފިނި ކޮށާރުތައް ގާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިތުރު ފްރިޖްތަކާއި ފިނިހޫނުމިން ބަލާނެ ވަސީލަތްތައްވެސް ފޯރުކޮށްދޭނެކަން އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19ގެ ވެކްސިން ރައްކާކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގެ ގިނަ މަސައްކަތްތަކެއް އެޗްއީއޯސީއާއި ޑަބްލިޔުއެޗްއޯއާ ގުޅިގެން ކުރަމުން އަންނަކަމަށް ޑރ.ނަޒްލާ ވިދާޅުވެފައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355