ދިވެހި ސަރުކާރާއި އެމެރިކާ ސަރުކާރާ ދެމެދު ޖީ-20 ޑެޓް ސާވިސް ސަސްޕެންޝަން އިނީޝިއޭޓިވް އެއްބަސްވުމުގައި އިއްޔެ ސޮއިކޮށްފިއެވެ.
އިއްޔެ ސްރީލަންގާގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއިން ސްރީލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އުމަރު އަބްދުއްރައްޒާގެވެ. އެމެރިކާ ސަރުކާރުން ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެ އަށާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަލައިނާ ޓެޕްލިޓްޒް އެވެ.
Exceptional honor to sign for #Maldives #G20 Debt Service Suspension Initiative with #US govt. Highly appreciate and reiterate my esteemed colleague HE @USAmbSLM’s hope for international partners to readjust their resources to assist us overcome pandemic set-backs #TogetherWeCan https://t.co/whzFmSje8M
— OMAR (@OmarARazak) December 30, 2020
މި އެއްބަސްވުމާއެެކު ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވި އިގްތިސޯދީ ދަތިތަކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އިތުރު އެހީއަކަށްވާނެ ކަމަށާއި ދަރަނި މެނޭޖްކުރުމުގައި އިތުރު ލުއިތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.
ޖީ20 ޑެޓް ސަސްޕެންޝަން އިނިޝިއޭޓިވްގެ ދަށުން ޗައިނާ އާއި ޖަޕާނުންވެސް ވަނީ ރާއްޖޭގެ ލޯނުތައް ފަސްކޮށްދޭން އެއްބަސްވެފައެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ދަރަނި އަދާކުރުން ފަސްކުރުމާ ގުޅޭ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ބައެއް ގައުމުތަކާއެކު ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި އެމެރިކާވެސް ހިމެނެއެވެ.
އިއްޔެ ސޮއިކުރި އެއްބަސްވުމުގެ ދަށުން 100،000 ޑޮލަރުގެ ދަރަނި ދެއްކުން ފަސްކޮށްދެވިފައިވާ ކަމަށް އެމެރިކާގެ ސަފިރު ވިދާޅުވި އެވެ.