twitterviber whatsapp telegramfacebookyoutube instagram
9th August 2026

ފަރެސްމާތޮޑާ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި

ނަބީލާ އިސްމާޢީލް
Jan 2, 2021

ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަމަށް މޯލްޑިވްސް ޓޮރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 10 ވަނަ ދުވަހު އެމްޓީސީސީ އާ ހަވާލުކޮށްފައިވާ ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަސައްކަތުގެ އަމަލީ މަސައްކަތް ފަށަން، އިއްޔެ ވަނީ ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފަ އެވެ.

މަޝްރޫއުގެ ދަށުން އެ ރަށުގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓެކްސީވޭ އެއްގެ އިތުރުން އޭޕްރަން އާއި ސާވިސްރޯޑު ތަރައްގީ ކުރަން ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން އެއާޕޯޓުގެ އޮޕަރޭޝަނަށް ބޭނުންވާ އެހެން އިންފްރާސްޓްރަކްޗާ ވެސް ތަރައްގީ ކުރާނެ އެވެ.

ފަރެސްމާތޮޑާގައި އެއާޕޯޓު އަޅަން ނިންމާ އެކަމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައި ވަނީ ކުރީ ސަރުކާރުގަ އެވެ. އެރަށުގެ އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް ހަވާލުކުރީ ގަލްފް ކޮބްލާ ޓެންސާއާ އެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުގެ ދަތުރަކުން ދަތުރު ކުރެވޭ ސަރަޙައްދުގައި އެއަރޕޯޓް އެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355