twitterviber whatsapp telegramfacebookyoutube instagram
14th May 2025

ސީއެސްސީގެ ހުރިހާ އިދާރާތަށް ގުޅާލާ "ވިއުގަ" ޕޯޓަލް ތައާރަފްކޮށްފި

ޚަދީޖާ އާދަމް
Jan 3, 2021

ސިވިލް ސާވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސާވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ ގޮތަށް، "ސީއެސްވިއުގަ އޮންލައިން" ޕޯޓަލް މިއަދު ތައާރަފުކޮށްފި އެވެ.

މި ޕޯޓަލް މެދުވެރިކޮށް ސިވިލް ސާރވިސްގެ ހުރިހާ އިދަރާތައް އޮންލައިންކޮށް، އިންޓަނެޓްގެ ޒަރިއްޔާއިން ގުޅާލެވޭނެއެވެ.

ސީއެސް ވިއުގައަކީ 2011 ވަނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންގެ ވަޒީފާއާ ގުޅޭ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންކުރާ ސޮފްޓްވެއާއެކެވެ.

މި ޕޯޓަލް ތައާރަފުކޮށްފައިވަނީ މިއަދު ހެނދުނު ސިވިލް ސާވިސް ކޮމިޝަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ކޮމިޝަނުގެ މެންބަރުންނެވެ.

މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތުގެ ނެޓްވޯކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވޯކްގެ ހިދުމަތްލިބޭ ސިވިލް ސާވިސް އިދާރާތަކުގަ އެވެ.

އާންމުކޮށް ބޭނުންކުރެވޭ ގޮތަށް ސީއެސްވިއުގަ އޮންލައިން ޕޯޓަލް ތައާރަފު ކުރިމުން، މިއަދުން ފެށިގެން އިންޓަނެޓްގެ ހިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސާވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މައުލޫމާތު ބަލައިލެވޭނެ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮމިޝަނުގެ ރައީސް މުހައްމަދު ނާސިހް ވިދާޅުވީ މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖުމަންޓު ސިސްޓަމެއް ގާއިމުކުރުމަށް އެ ކޮމިޝަނުން ކުރަމުންގެންދާ ދުރު ރާސްތާ ޕްލޭނުގެ ތެރެއިން ގިރާކުރެވުނު ވަރަށް މުހިއްމު ހަރުފަތެއް ކަމަށެވެ.

ނާސިހު ވިދާޅުވީ މިއީ ސިވިލް ސާވިސް އިން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު މަތިކޮށް، މުވައްޒަފުން އިތުރަށް ޒިންމާދާރުކުރުވުމަށް ގެނެވޭ މުހިއްމު ބަދަލެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355