twitterviber whatsapp telegramfacebookyoutube instagram
17th May 2024

އެމްއެންޔޫގެ ފެބްރުއަރީ އިންޓޭކްއަށް ކުރިމަތިލުމުގެ މުއްދަތު އިިތުރުކޮށްފި

ނަބީލާ އިސްމާޢީލް
Jan 4, 2021

ގާއުމީ ޔުނިވަރސިޓީ، އެމްއެންޔޫގެ މި އަހަރުގެ ފުރަތަމަ ޓާމުގެ ކޯސްތަކަށް ވަނުމުގެ ފުރުސަތު ޖެނުއަރީ މަހުގެ 21އާ ހަމައަށް އިތުރުކޮށްފި އެވެ.

ފެބްރުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ޔުނިވަސިޓީގެ ފުރަތަމަ ޓާމް ކޯސްތަކަށް ވަނުމަށް އެޕްލައި ކުރުމަށް ހަމަޖެހިފައިވަނީ ޔުނިވަރސިޓީގެ އޮންލައިން ޕޯޓަލް portal.mnu.edu.mv މެދުވެރިކޮށެވެ.

އެމްއެންޔޫގައި ކިޔަވައިދެމުން އަންނަ ހުރިހާ ކެމްޕަސްތަކާއި ފެކަލްޓީތަކުގެ ކޯސްތަކަށްވެސް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލެވިފައިވާއިރު ތަފާތު ދާއިރާތަކުން 100 އަށް ވުރެ ގިނަ ކޯސްތަކަށް ކުރިމަތި ލުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

އެމްއެންޔޫއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި މަތީ ތައުލީމް ފޯރުކޮށްދޭ ޔުނިވާސިޓީއެވެ އަދި ހިލޭ ޑިގްރީ އަށް ކިޔެވުމުގެ ސްކީމްގެ ދަށުން އެއްވެސް ފައިސާއެއް ދެއްކުމެއް ނެތި ކިޔެވޭ ހަމައެކަނި ތަނަކީވެސް އެމްއެންޔޫއެވެ.

އަލަށް ކިޔަވަންފަށާ ދަރިވަރުންނަށް އަމާޒުކޮށްގެން 22 ސްކޮލަޝިޕް ސްކީމެއްވެސް ވަނީ ހުޅުވާލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖާނަލިޒަމް، ޕޮލިޓިކަލް ސައިންސް، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް، އެކައުންޓިން، އިކޮނިމިކްސް، ޓީޗިންގް ނަރސިންގ، ސައިކޮލޮޖީ، ހެލްތް ސައިންސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިން، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ސަރީއާ،ލޯ އަދި މެޑިސިން ހިމެނެއެވެ.

އިތުރު މައުލޫމާތު ޔުނިވަރސިޓީގެ ވެބްސައިޓުން ލިބޭނޭ ކަމަށް ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355