twitterviber whatsapp telegramfacebookyoutube instagram
19th April 2024

ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓްގެ މަސައްކަތް ފުރަތަމަ ނިންމާލީ ނޮޅިވަރަންފަރުން

އަބްދުލް ވާހިދު ޙަސަން
Jan 5, 2021
4

ރަށުގެ ނަން ރަމްޒުކޮށްދޭ މޮނިއުމެންޓެއް އަތޮޅުގެ ކޮންމެ ރަށެއްގައި ހެދުމަށް ހދ އަތޮޅު ކައުންސިލުން ހުޅުވާލި ފުރުސަތުގެ ބޭނުންކޮށް އެންމެ ފުރަތަމަ އެ މަސައްކަތް ނިންމާލި ރަށަކަށް ނޮޅިވަރަންފަރު ވެއްޖެ އެވެ.

އަތޮޅުގެ 13 ރަށަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި މަސައްކަތްތަކީ ރަށުގެ ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ މަޝްރޫއު އެކެވެ. މި މަޝްރޫއު ހިންގުމަށް އަތޮޅު ކައުންސިލުން 650،000 ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަވެ އެވެ.

މި މަޝްރޫއު ހިންގުމަށް އަތޮޅު ކައުންސިލުން ކޮންމެ ރަށަކަށް 50،000 ރުފިޔާގެ ގުރާންޓެއްދެ އެވެ. އެ މަޝްރޫއު އިތުރަށް ފުރިހަމަ ކުރަން ބޭނުންނަމަ ރަށު ކައުންސިލުންތަކުން ފައިސާ ހަރަދުކުރެވިދާނެ އެވެ.

އަތޮޅު ކައުންސިލްގެ ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ މެމްބަރު ހުސެއިން ހަސަން ވިދާޅުވީ، ކައުންސިލުން ހުޅުވާލި ފުރުސަތުގައި އެންމެ ފުރަތަމަ މި މަޝްރޫއު ނިންމާލާފައިވަނީ ނޮޅިވަރަންފަރުން ކަމަށެވެ.

ނޮޅިވަރަންފަރު ކައުންސިލުން މި މަސައްކަތް ކޮށްފައިވަނީ އަތޮޅު ކައުންސިލުން ދިން 50،000 ރުފިޔާގެ ގުރާންޓްގައި އެވެ. ހުސެއިން ހަސަން ވިދާޅުވީ، މި މަސައްކަތް މިހާރު ނޭކުރެންދޫގައި ނިމެމުންދާއިރު ކުރިނބީ އާއި ނެއްލައިދޫގައި މި މަސައްކަތުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، 2021 ވަނަ އަހަރު ނިމެންވާއިރު އަތޮޅުގެ ކޮންމެ ރަށެއްގައި، އެރަށެއް ނަން ރަމްޒުކޮށްދޭ، ނުވަތަ އެރަށެއް ރަމްޒުކޮށްދޭ މޮނިއުމެންޓެއްގެ އިތުރުން ބަނދަރުގެ ބުރު ތަކާއި ބެންޗުތަކެއް ހުރުމަކީ އަތޮޅު ކައުންސިލްގެ އަމާޒެއް ކަމަށެވެ.

ކައުންސިލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުއަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ މިމަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355