twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިހަވަން ކަޕްގެ ތައްޓާއެކު ރަށަށް އައުމުން ޕެނީއަށް ހޫނު މަރުހަބާއެއް

ނަބީލާ އިސްމާޢީލް
Jan 5, 2021
1

ހއ އަދި ހދ އަތޮޅަށް ހުޅުވާލައިގެން އިހަވަންދޫގައި ބޭއްވި ބޮޑު ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމް ނޮޅިވަރަމް "ޕެނީ" އަށް ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ނޮޅިވަރަމްގެ ހުރިހާ ރައްޔިތުން ނިކުމެ ކޭކާއި މާފަތިން ހިފައިގެން ޓީމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.

ރޭ އިހަވަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ކުލަބު ޕެނީ ބައްދަލުކޮށްފައިވަނީ އިހަވަންދޫ ކުޅިމަގު ޓީމާ އެވެ. މެޗު ނިމުނު އިރު ދެ ޓީމް އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޕެނަލްޓީޖަހައި 1-3 ގެ ނަތީޖާއަކުން މުބާރާތް ކާމިޔާބުކުރީ ޕެނީއެވެ.

ފައިނަލް މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޕެނީގެ ގޯލް ކީޕަރ މުހައްމަދު ހަލީލްއެވެ.

މުބާރާތުގެ އެންމެ މޮޅު މިޑްފީލްޑަރ އަދި މުބާރާތުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުލަބް ޕެނީގެ ހުސައިން މުހައްމަދެވެ.

ގިނަ ހަރަކާތްތަކެއް ހިންގާ އިހަވަންދޫ، ކުލަބު ޕޯލް ސްޓާރ އިން އިންތިޒާމުކޮށްގެން ބޭއްވި މި މުބާރާތްތަކީ އަމިއްލަ ޖަމިއްޔާއަކުން މިގޮތަށް ހުޅުވާލައިގެން ތިލަދުންމަތީގައި ބޭއްވި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ.

އިހަވަންދޫއާ ގުޅުވާލައިގެން "އިހަވަން ކަޕް" ގެ ނަމުގައި ބޭއްވި މިމުބާރާތުގެ ޗެމްޕިއަން ޓީމަށް ބައި ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ދީފައެވެ. އަދި ރަނައަޕް ޓީމަށް 25،000 ރުފިޔާ ދީފައިވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355