twitterviber whatsapp telegramfacebookyoutube instagram
21st August 2026

ނޮޅިވަރަމުގައި ސައިކަލާއެކު މޫދަށް ވެއްޓުނު މީހާ ނިޔާވެއްޖެ

މުޙައްމަދު އަހުމަދު
Jun 21, 2024

ހދ. ނޮޅިވަރަމުގައި ބަނދަރުން ސައިކަލާ އެކު މޫދަށް ވެއްޓުނު މީހަކު މިއަދު ނިޔާވެއްޖެ އެވެ.

ފުލުހުން މިއަދު ބުނީ ނޮޅިވަރަމު ބަނދަރުން ސައިކަލާއެކު މޫދަށް މީހަކު ވެއްޓިގެން އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ 21:15 އެހާކަންހާއިރު ކަމަށެވެ. ނަމަވެސް ފަރުވާދެމުން އަންނަނިކޮށް ރޭގެ ވަގުތެއްގައި އެ މީހާ ނިޔާވެފައިވާކަމަށެވެ.

އެ މީހާއަކީ 32 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެނގިފައިވާ ގޮތުގައި އެއީ އެރަށު ގާޑެނިޔާވިލާ، އިލްޔާސް އިބްރާހިމް ނަމަކަށް ކިޔާ ޒުވާނެކެވެ.

ނިޔާވި ކުއްޖާއާ ގުޅޭ ގޮތުން އެ ރަށުން ވާހަކަދެއްކި މީހުން ބުނީ އޭނާއަކީ ބަލި މީހެއް ކަމަށާއި އަދި، އެކްސިޑެންޓުވާން މެދުވެރިވީ ސައިކަލުގައި ދަނިކޮށް 'ފިޓް' ޖެހިގެން ކަމަށް ބެލެވޭ ކަމަށެވެ.

ފުލުހުން މިހާރު އަންނަނީ މި ހާދިސާއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355