ކުޅުދުއްފުށިން މިއަދު ގެއްލިގެން ހޯދަމުންދިޔަ 58 އަހަރުގެ ދިވެހި ފިރިހެނަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މޫދުގައި މަރުވެފައިވާ އޮއްވާ ފެނުނީ، ކުޅުދުއްފުށީ/ބަނޑިފަސްގަނޑުގެ، ސުލެއިމާނު ހުސެއިން އެވެ. އޭނާ ފެނުނީ 'ބޮޑަވަކި އަތިރި' ސަރަހައްދު މޫދު އަޑިން މިއަދު 15:00 ގަ އެވެ.
ފުލުހުން ބުނީ، އޭނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު 13:48 އެހާކަށްހާއިރު ކަމަށާއި އެ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް ފެނިފައިވަނީ 15:00 އެހާއިރު ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނީ، އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.




