twitterviber whatsapp telegramfacebookyoutube instagram
9th August 2025

ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު ނިޔާވެފައިވާ އޮއްވާ ފެނިއްޖެ

Aug 6, 2025

ކުޅުދުއްފުށީގައި ގެއްލިގެން ހޯދަމުން ދިޔަ މީހަކު، ސްޓޭޑިއަމް ފާހާނާ ތެރޭގައި ނިޔާވެފައިވާ އޮއްވާ މިއަދު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކުޅުދުއްފުށީ/ ޖިފުޑި، ހަސަން މޫސާ، 67، ރޭ ފަތިހު 5:00 ހާއިރު ގެއިން ނުކުމެގެން ދުވަން ދިޔަ ގޮތަށް ޚަބަރެއް ނުވާ ކަމަށް ހެނދުނު 10:30 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ފާހަނާ ތެރޭގައި ވެއްޓިފައިވާ އޮއްވާ ފެނިފައިވާ ކަމަށާއި އެހެންވެ ފަރުވާ ދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

އެހެންނަމަވެސް، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ނިޔާވެފައިވާ ކަމަށާއި ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަ ނެތްކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތުދީފައިވާކަމަށް ފުލުހުން ބުންޏެވެ.

"ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355