twitterviber whatsapp telegramfacebookyoutube instagram
14th October 2025

ހުރަވީ ސްކޫލްގެ ދަރިވަރަކު ކުލިގޮތަކަށް ނިޔާވެއްޖެ

ނަބީލާ އިސްމާޢީލް
Oct 17, 2024

ހުޅުމާލޭ ހުރަވީ ސްކޫލުގައި އިން ކުއްޖަކު މިއަދު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހުރަވީ ސްކޫލްގައި އިން ކުއްޖަކަށް ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ، 13 އަހަރުގެ އަންހެން ކުއްޖެކެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ނިޔާވީ ހުރަވީ ސްކޫލުގައި ތައުލީމު ހާސިލުކުރަމުން ދިޔަ ފާތިމަތު ޝިމާ މުހައްމަދު ކަމަށެވެ. މިނިސްޓްރީން ވަނީ ކުއްޖާގެ އާއިލާއަށް ތައުޒިޔާ ކިޔައިފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ޝިމާ ނިޔާވުމުން އާއިލާއަށް ތައުޒިޔާ ދަންނަވައިފައެވެ.

އެ މަނިކުފާނު ވަނީ ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙުމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.

މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް މިހާތަނަށް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. އެކަމަކު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355