twitterviber whatsapp telegramfacebookyoutube instagram
2nd June 2025

ފިނިކުރި ކާބޯތަކެތި މިންގަނޑާ ހިލާފަށް އެބަ ވިއްކާ: އެމްއެފްޑީއޭ

Jan 7, 2021
1

ފިހާރަތަކުގައި ވިއްކާ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ސިއްހަތާއް ގެއްލުންވާގޮތަށް ވިއްކަމުންދާކަމަށް ށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނެފި އެވެ.

އެ އޮތޯރިޓީން ބުނީ ފިނިކުރި ކާބޯތަކެތި ބަހަައްޓަންޖެހޭ މިންވަރުގައި ނުބަހައްޓާކަން ފާހަގަކުރެވޭ ކަމަށާއި މިއީ އާންމު ސިއްހަތަށް ނުރައްކާވާނެ ކަމެއް ކަމުން އެފަދަ ތަކެތި ރައްކާކޮށް ގުދަން ކުރުމުގައި އަދި ވިއްކަން ބެހެއްޓުމުގައި ސަމާލުވުމަށް އެ އޮތޯރިޓީ އިން ވަނީ އަންގައިފަ އެވެ.

އެ އޮތޯރިޓީ އިން ބުނީ ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެތި ވިއްކާ ފިހާރަތައް އެ އޮތޯރިޓީން އިންސްޕެކްޓްކޮށް ނެގި ސާމްޕަލްތައް ތަހުލީލުކޮށް ބެލި ބެލުމުގައި އެފަދަ އުފެއްދުންތަކުގެ ފިނިހޫނުމިން ބަހައްޓަންޖެހޭ މިންގަނޑުގައި ބަހައްޓާފައިނުވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ގަނޑުކުރި އަދި ފިނިކުރި ކާބޯތަކެއްޗަކީ ކަނޑައެޅިފައިވާ ވަކި ފިނިހޫނުމިނެއްގައި ބަހައްޓަންޖެހޭ ތަކެތި ކަމަށާއި އޭގެ ފިނިހޫނުމިނަށް ބަދަލު އަތުވެއްޖެނަމަ އޭގެ ފެންވަރާއި ރައްކާތެރިކަން ގެއްލޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައި ވެއެވެ.

ފުޑްް އެންޑް ޑްރަގް އޮތޯރިޓީ އިން ބުނީ ގަނޑުކުރި ކާބޯތަކެތީގެ ފިނިހޫނުމިން 18- ޑިގްރީ ސެލްސިއަސް އަށްވުރެ މަތިނުވާނެ ގޮތަކަށް އަދި ފިނިކުރި ކާބޯތަކެތި 5-0 ޑިގްރީ ސެލްސިއަސް އާއި ދެމެދުގައި ބެހެއްޓުމަށް އަންގާ ކަމަށެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com