twitterviber whatsapp telegramfacebookyoutube instagram
27th April 2024

ކައުންސިލުން 7900 މާސްކް 4 މުއައްސަސާއަކަށް ހަދިޔާކޮށްފި

ނަބީލާ އިސްމާޢީލް
Jan 7, 2021

ކުޅުދުއްފުށީ ކައުންސިލުން 7900 މާސްކް ރަށުގެ ހަތަރު މުއައްސަސާއަކަށް ހަދިޔާ ކޮށްފި އެވެ. މީގެ ތެރޭގައި ރީޔޫސަބަލް މާސްކާއި ސާޖިކަލް މާސްކް ހިމެނެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ރަށުގެ 3 ސްކޫލަށާއި ހޮސްޕިޓަލަށް ކައުންސިލްގެ ފަރާތުން މާސްކް ހަދިޔާކޮށްފައިވާނެ ކަމަށެވެ.

މާސްކް ހަދިޔާކުރި މުއައްސަސާތައް

  • ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 4000 ސާޖިކަލް މާސްކް
  • ހދ.އަތޮޅު ތައުލީމީ މަރުކަޒު 1300 މާސްކް
  • ޖަލާލުއްދީން ސްކޫލް 1300 މާސްކް
  • އަފީފުއްދީން ސްކޫލް 1300 މާސްކް

އެ ގޮތުން ކައުންސިލްގެ ފަރާތުން ރަށުގެ ތިން ސްކޫލު ކަމުގައިވާ ޖަލާލުއްދީން ސްކޫލްގެ އިތުރުން ހދ. އަތޮޅު ތައުލީމީ މަރުކަޒު އަދި އަފީފުއްދީން ސްކޫލަށް މާސްކް ހަދިޔާ ކޮށްފައިވާއިރު މިއިން ކޮންމެ ސްކޫލަކަށް 1300 މާސްކް ވަނީ ހަދިޔާކޮށްފަ އެވެ. އަދި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް 4000 މާސްކް ހަދިޔާ ކުރި އެވެ.

މީގެ ތެރެއިން ކޭއާރުއެޗަށް ސާޖިކަލް މާސްކް ހަދިޔާ ކުރި އިރު ސްކޫލުތަކަށް ހަދިޔާކުރި މާސްކް ތަކުގެ ތެރޭގައި ކޮންމެ ސްކޫލަކަށްވެސް ހަދިޔާކޮށްފައިވަނީ 1000 ސާޖިކަލް މާސްކާއި 300 ރީޔޫސަބަލް މާސްކެވެ.

ލަތީފް ވިދާޅުވީ މި މާސްތަކަކީ ކައުންސިލަށް އެކި ފަރާތްތަކުން ހަދިޔާކޮށްފައިވާ މާސްކްތައް ކަމަށާއި ކައުންސިލުން މި މުއައްސަސާތަކަށް މި މާސްކްތައް ހަދިޔަކުރަން ނިންމީ މި ވަގުތު މި ތަކެތި އެންމެ ބޭނުންވާނެ ތަންތަނަކީ މިއީ ކަމަށް ވިސްނާފައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355