ޓްވިޓާއިން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ދާއިމީކޮށް ސަސްޕެންޑް ކޮށްފި އެވެ. ރައީސް ޓްރަމްޕްގެ ޓްވީޓާ އެކައުންޓުން ކުރާ ޓްވިޓްތަކުގެ ސަބަބުންނާއި ޓްވީޓާ އާއި ޓްވިޓާއިން ބޭރުން އޭގެ މާނަ ނެގޭ ގޮތަުގެ ސަބަބުން ކުރިއަށް އޮތްތަނުގައި ހަމަނުޖެހުމެއް ހިނގުމުގެ ކުރިންއެ އެކައުންޓު ދާއިމީކޮށް ސަސްޕެންޑްކުރަން ނިންމާފައިވާކަމަށް އިއްޔެ ޓްއިޓާއިން ވަނީ ބުނެފަ އެވެ.
އެކައުންޓް ބަންދުކުރުން ޓްރަންޕު ވަނީ އެމެރިކާގެ ރައީސްކަމުގެ މަޤާމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަކޮށްފައިވާ ޓްވިޓަރ އެކައުންޓުން ޓްވީޓްތަކެއް ކުރައްވާފައެވެ. އެއާއި އެކު ކުޑައިރުކޮޅެއްގެ ތެރޭގައި ޓްވިޓަރ އިން ވަނީ އެ އެކައުންޓްވެސް ވަގުތީ ގޮތުން ޑައުންކޮށްލާފައެވެ.
ރައީސްގެ ރަސްމީ އެކައުންޓް ކުރެއްވި ޓްވީޓްތަކުގައި ޓްރަންޕު ވިދާޅުވެފައިވަނީ ހިޔާލު ފާޅުކުރުމަށް ހުރަސް އަޅަމުން އަންނަކަމަށެވެ. އަދި އެކަން ކުރީ ޑިމޮކްރެޓުންނާއި ގުޅިގެން އޭނާގެ އަޑު ކަނޑުވާލުމަށްކަމަށްވެސް ޓްރަންޕު ވަނީ ތުހުމަތުކުރައްވާފައެވެ.
މީގެ އިތުރުން ޓްރަމްޕްގެ ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް އެކައުންތައް ވަނީ މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައެވެ.