twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ކުރިއަށް އޮތް 24 ގަޑިއިރު އުތުރާ މެދު ރާއްޖެއަށް މޫސުން ގޯސް

ޚަދީޖާ އާދަމް
Jan 12, 2021

ކުރިއަށް އޮތް 24 ގަޑިއިރު އުތުުރުގެ އަތޮޅުތަކަށާއި މެދު ރާއްޖެތެރެއަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ލަފާކޮށްފި އެވެ.

އެގޮތުން ކުރިއަށް 24 ގަޑިއިރު އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވަރޭވެހޭނެ ކަމަށާއި މިއީ ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ސާކިއުލޭޝަނެއްގެ ސަބަބުން ކުރަމުން ދާ ވިއްސާރައެއް ކަމަށް މެޓު އޮފީހުން މައުލޫމާތު ދެއެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ދެކުނާއި މެދުތެރޭ އަތޮޅުތަކަށް ވައި ގަދަވެ، ކަނޑު ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ. އެ ސަރަހައްދަށް ގަޑިއަކު 10-20 މޭލުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި 40 މޭލަށް ވައި ބާރުވުން އެކަށީގެން ވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293