twitterviber whatsapp telegramfacebookyoutube instagram
30th April 2026

އެމްއެންޔޫ ސްކޮލަޝިޕްތައް އިއުލާންކޮށްފި

Jan 12, 2021

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ)ގެ ސްކޮލަޝިޕް އިފްތިތާހްކޮށް ސްކޮލަޝިޕްތައް ދޭ ދާއިރާތައް އިއުލާންކޮށްފި އެވެ.

މިރަސްމިޔާތު އިފްތިތާހް ކޮށްދެއްވީ މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އާއިޝަތު އަލީއެވެ.

ޔުނިވަރސިޓީން އިއުލާނު ކުރި ޖުމްލަ 48 ސްކޮލަރޝިޕް އަކީ ޓިއުޝަން ފީގެ އިތުރުން އަހަރަކު 75000ރުފިޔާ ދޭ ފުލް ސްކޮލަރޝިޕް ތަކެކެކެވެ.

ސްކޮލަރޝިޕް ލިބޭ ދާއިރާ ތަކުގެ ތެރޭގައި:

- ޕްރައިމަރީ މުދައްރިސްކަން ( 30 ޖާގަ)
- ވެލްޑިންގ (6 ޖާގަ)
- އެއަރކޮށްޑިޝަނިންގ (6 ޖާގަ)
- ނޯޓިކަލް ސްޓަޑީޒް (6 ޖާގަ)

މީގެ ތެރެއިން ޕްރައިމަރީ މުދައްރިސްކަމަށް ދެވޭ 30 ސްކޮލަރޝިޕް ދެވޭނީ ޕްރައިމަރީ މުދައްރިސުންގެ ދަތިކަން އޮތް ހާއްސަ 60 ރަށަކުން ހޮވާލެވޭ ފަރާތްތަކަށެވެ.

ޕްރައިމަރީ މުދައްރިސްކަމުގެ ދާއިރާއިން ދެވޭ 30 ސްކޮލަޝިޕް ގެ ތެރެއިން 15 ސްކޮލަރޝިޕް ދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެޑިޔުކޭޝަނުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355