twitterviber whatsapp telegramfacebookyoutube instagram
21st April 2021

ޑަބްލިއުއެސްއޭ އިން ސިންގަލް ޔޫސް ޕްލާސްޓިކާ ދުރަށް

ޚަދީޖާ އާދަމް
Jan 13, 2021
3

ކުޅުދުއްފުށީ ޑަބްލިއު ސްޕޯޓް އެކަޑެމީ (ޑަބްލިއުއެސްއޭ) އިން މިހާރު ކުރިއަށްގެންދާ "ލިޔާ ޑަބްލިއުއެސްއޭ ކުޅުުދުއްފުށި ބެޑްމިންޓަން ސީރީޒް 2021" މުބާރާތުން ފެށިގެން އެ އެކަޑެމީގެ މުބާރާތްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލަން ނިންމާފައިވާކަން މިވަނީ ހާމަކޮށްފަ އެވެ.

އެ އެކަޑެމީން ބުނީ މި މުބާރާތުން ފެށިގެން ޑަބްލިއުއެސްއޭއިން އިންތިޒާމް ކުރާ މުބާރާތްތަކަކީ ތިމާވެއްޓާ ރައްޓެހި މުބާރާތްތަކަށް ހެދުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށާއި އެގޮތުން އިވެންޓްތަކުގައި ސިންގަލް ޔޫސް ޕްލާސްޓިކް މަދުކޮށް ވަކި ހިސާބަކުން އެއްކޮށް ހުއްޓާލަން ނިންމާފައިވާކަމަށެވެ.

ޑަބްލިއުއެސްއޭގެ އަމާޒަކީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން އެ އެކަޑެމީގެ ހުރިހާ އިވެންޓަކީވެސް ސިންގަލް ޔޫސް ޕްލާސްޓިކް ފްރީ އިވެންޓްތަަކަކަށް ހެދުންކަމަށެވެ.

އެގޮތުން މުބާރާތްތައް އިންތިޒާމްކުރާ އޮފިޝަލުންނާއި ރެފްރީން ބޭނުންކުރާނީ ފޮތި ކޮތަޅާއި އެއްފަހަރަށް ވުރެ ގިނައިން ބޭނުންކުރެވޭނެ ފަދަ ފެންބޯ ފުޅިކަމަށާއި މުބާރާތްތަކުގައި ޓީމްތަކަށް އަދި އޮފިޝަލުންނަށް ފޮތި ފޯރިކޮށްދޭން ނިންމާފައިވާކަމަށް އެ އެކަޑެމީން މައުލޫމާތު ދެއެެވެ.

ޑަބްލިއުއެސްއޭގެ މި ކެމްޕެއިނަކީ މޯލްޑިވްސް އޮތެންޓިކް ކްރާފްޓް ކޯޕަރޭޓިވް ސޮސައިޓީ (އެމްއޭސީސީއެސް) އާއި ޔޫއެންޑީޕީ އަދި ޔޫރޮޕިއަން ޔޫނިއަން (އީޔޫ) އާއި ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނެކެވެ.

އެގޮތުން ޑަބްލިއުއެސްއޭއާއި އެމްއޭސީސީއެސްއިން ވަނީ ކެމްޕެއިނުގައި ބޭނުން ކުރަން ދެ ހޭސްޓެގްވެސް ކަނޑައަޅާފައެވެ. އެއީ "ޕްލާސްޓިން_ނޫން_ގޮތެއް" "say_no_single_use_plastic#"

ޑަބްލިއު ސްޕޯޓް އެކަޑެމީގެ ފަރާތުން ކުޅުދުއްފުށީގައި ދަނީ ކޮންމެ އަހަރަކުވެސް އެކި މުބާރާތްތައް ބާއްވަމުންނެވެ. އެގޮތުން ބެޑްމިންޓަން، ބީޗް ހޭންޑްބޯލް، ވޮލީ އަދި ބާސްކެޓް ބޯލް މުބާރާތްތަކުގެ އިތުރުން އޮފީސްތަކަށް އަމާޒުކޮށްގެންވެސް އެކި މުބާރާތްތައް ދަނީ ބާއްވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355