twitterviber whatsapp telegramfacebookyoutube instagram
25th April 2024

އިންތިހާބު ފަސްކުރަން މަސައްކަތް ކުރަނީ ކާމިޔާބު ނުވާނެކަން އެނގޭތީ: އިދިކޮޅު

ނަބީލާ އިސްމާޢީލް
Jan 13, 2021
2

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަން ސަރުކާރުން މަސައްކަތް ކުރަނީ އިންތިހާބު ކާމިޔާބު ނުވާނެކަން ޔަގީންވާތީ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބަައްދަލުވުމުގައި އެ ކޯލިޝަންގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭނެ ތާރީހެއް ޔަގީންނުވެ ފަސްވަމުން ދިއުމަކީ ވަރަށް ބޮޑު ކަންބޮޑުުވުމެއް ކަމަށެވެ. އަދި އިންތިހާބު ބޭއްވޭނެ މަގު ފަހިކޮށް ދިނުމަށް ސަރުކާރުން ކުރަން ޖެހޭ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށެވެ.

ހިނާ ވިދާޅުވީ އިންތިހާބު ފަސްކުރަން ސަރުކާރުން މަސައްކަތް ކުރަނީ އިންތިހާބުން ބަލިވާނެ ކަން ސަރުކާރަށް އެނގޭތީ ކަމަށާއި އިންތިހާބާ ދިމާކޮށް މަޝްރޫއުތައް އިއުލާން ކުރިޔަސް ރައްޔިތުން އެކަންކަން ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވީ އިންތިހާބު ފަސްވަމުންދިއުމަކީ ކެންޑިޑޭޓުންގެ އެތަށް ހައްގުތަކެއް ގެއްލިގެންދާ ކަމެއް ކަމަށާއި އިންތިހާބަށް އެކި ތާރީހުތައް ދެމުންދާއިރު އިންތިހާބަކަށް ތައްޔާރުވާން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ފެށިފައިނުވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބަޖެޓްގެ ދަތިކަމާއި އެ ނޫންވެސް ބައެއް ކަންކަމަކީ ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަންކަން ނަމަވެސް އެކަންކަން ނުކޮށްދީ ސަރުކާރުން ފަހަތަށް ޖެހެނީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހޭނެކަން ޔަގީންވާތީ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ރަށްރަށަށް ދަތުރު ކުރުމުގައި ހުރަސްތައް ހުއްޓަސ،ް ސަރުކާރުގެ އިސްވެރިންނާއި ސަރުކާރު ކުންފުނިތަކުގެ ވެރިން ރަށްރަށަށް ދަތުރުކޮށް، ސަރުކާރުގެ ކެންޑިޑޭޓުންނަށް ސީދާ އަދި ނުސީދާކޮށް ކެމްޕެއިން ކުރަމުންދާ ކަމަށެވެ. ނަމަވެސް އިދިކޮޅު ކޯލިޝަނަށް އެ ފުރުސަތު ނުލިބޭ ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ހީނާ ވަނީ އިދިކޮޅު ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް ހަމަހަމަ ފުރުސަތު ދިނުމަށާ މިނިވަން އިންތިހާބަކަށް މަގު ފަހިކުރުމަށް މަސައްކަތް ކޮށްދިނުމަށް ގޮވާލައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355