twitterviber whatsapp telegramfacebookyoutube instagram
7th January 2026

އިންތިހާބު އަވަސް ކުރާ ބިލަށް އާދިއްތަ ދުވަހު ބަހުސްކުރަނީ

Jan 14, 2021
1

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަވަސްކުރާ ބިލަށް ބަހުސް ކުރުން މިމަހު 17 ވަނަ ދުވަހުގެ ޖަލްސާއަށް ތާވަލުކޮށްފި އެވެ.

އިންތިހާބު އަވަސް ކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމަށްފަހު ރޭ ބޭއްވި ޖަލްސާގައި ނިންމާލާފައެވެ.

އިންތިހާބު ފަސް ކުރީ ކޮވިޑާއި ގުޅިގެން ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ފާސްކުރުމަށް ފަހުއެވެ. އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ.

އެހެން ނަމަވެސް މިހާރު ބިލު ހުށަހެޅީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭނެ ގޮތަަށެވެ. ރޭ ބޭއްވި ޖަލްސާގައި އޮތީ އެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ. ބިލު މަޖިލީހަށް ހުށަހެޅުއްވީ، ސަރުކާރުގެ ފަރާތުން އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

އިބްތިދާއީ ބަހުސް އެއް ދުވަސް ތެރޭ ނިންމާލެވޭނެއެވެ. އިބްތިދާއި ބަހުސަށްފަހު، ދެން ބިލު ދާނީ ކޮމިޓީ މަރުހަލާއަށެވެ. ކޮމިޓީ މަރުހަލާގައި ބިލު ދިރާސާކޮށް ގެންނަން ޖެހޭ ބަދަލުތަކާއެކު ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. ކޮމިޓީ މަރުހަލާއަށްފަހު ތިން ދުވަސް ދޭން ޖެހެއެވެ. އެއަށްފަހު މެމްބަރުންގެ އިސްލާހުތަކާއެކު ބިލު ވޯޓަށް އަހާނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355