twitterviber whatsapp telegramfacebookyoutube instagram
1st May 2026

ދެކުނު އޭޝިޔާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަގަބް 3 ވަނަ ފަހަރަށް ރާއްޖެއަށް

Jan 16, 2021

ހެންލޭ ޕާސްޕޯޓް އިންޑެކްސްއިން ހޮވާ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލިސްޓުގައި ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަޤަބު ރާއްޖެއިން ޖެހިޖެހިގެން 3 ވަނަ ފަހަރު ހޯދާފައިވާކަން މޯލްޑިވްސް އިމިގްރޭޝަންއިން ހާމަކޮށްފި އެވެ.

ރާއްޖެއިން މި މަޤާމު ހޯދާފައި ވާއިރު، ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން 85 ޤައުމަކަށް ވީޒާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

އެގޮތުން އަވައްޓެރި އިންޑިއާ ބަންގްލަދޭޝް ހިމެނޭހެން 16 ގައުމަކަށް ވިޒާއާއި ނުލާ ދަތުރު ކުރެވޭއިރު އޭގެ ތެރޭގައި ޔޫރަޕްގެ 4 ގައުމަކާއި އެފްރިކާ ބައްރުގެ 26 ގައުމާކާއި އޯޝޭނިއާ ބައްރުގެ 11 ގައުމަކާއި ކެރީބިއަން ސަރަހައްދުގެ 15 ގައުމެއްގެއިތުރުން އެމެރިކަސްގެ 7 ގައުމަކާއި މެދުއިރުމަތީގެ 4 ގައުމަކަށް ވީޒާއާއި ނުލާ ދަތުރުކުރެވެއެވެ.

މި ސަރުކާރުގައި މަދު ގައުމުތަކަކަށް އޮން އެރައިވަލް ވިސާދޭ ގައުމުތައް ކަމަށްވާ ޔޫއޭއީ އަދި ރަޝިޔާއަށް ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް މިހާރު އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް އެގައުމުތަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ހަމަޖައްސާފައެވެ.

ވީހާވެސް ގިނަ ގައުމުތަކަކަށް ދިވެހިންނަށް ފަސޭހަކަމާއިއެކު އެތެރެވެވި، ދިވެހި ޕާސްޕޯޓްގެ ބާރު ގަދަކުރުމަށް އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް މީގެ ކުރިން ފޮރިންގ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355