twitterviber whatsapp telegramfacebookyoutube instagram
19th April 2024

އުތުރުގެ 3 އަތޮޅު ހައި ސްޕީޑް ފެރީން ގުޅުވާލުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

- ސެޕްޓެމްބަރުމަހަށް މި މަސައްކަތް ނިންމާނެ
- ކޮންމެ ދުވަހަކުވެސް ފެރީ ދަތުރުކުރާނެ

ޚަދީޖާ އާދަމް
Jan 17, 2021
1

އުތުރުގެ 3 އަތޮޅު ހައި ސްޕީޑް ފެރީ ނިޒާމުން ގުޅުވާލުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއާއި މިއަދު ހަވާލުކޮށްފި އެވެ.

ފިޔަވަހިތަކަކަށް ބަހާލައިގެން ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޒޯން 1 ގައި ހިމެނޭ ހއ، ހދ އަދި ށ އަތޮޅުތަކަށް ފެރީ ހިދުމަތް ދޭން މިއަދު ހަވާލުކޮށް ހަވާލުކޮށްފައިވާއިރު މި ހިދުމަތް ދޭން ފެށޭނީ މި އަހަރު ސެޕްޓެމްބަރު މަހު ތެރޭގައި ކަމަށް އެމްޓީސީސީން މައުލޫމަތު ދެއެވެ.

ފުރަތަމަ ފިޔަވައްސަށް ޖުމްލަ 157 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. ޒޯން 1 ގެ ހައި ސްޕީޑް ފެރީ ވިއުގައިގައި ޖުމްލަ 17 ލޯންޗު ބޭނުންކުރަން ނިންމާފައިވާއިރު މި ލޯންޗުތަކުގައި 50-40 ދެެމެދުގެ އަަދަދަކަށް ފަސިންޖަރުން އުުފުލޭނެ އެވެ. މި ފެރީތައް ހުންނާނީ އެއާކޯން ކުރެވި އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ފަސޭހަ ވާނެގޮތަށެވެ.

އެމްޓީސީސީން ބުނީ ލޯންޗުތަކުގެ ސްޕީޑަކި ގަޑިއަކު 30 ނޯޓިކަލް މޭލުކަމަށާ ލޯންޗުގައި ފާހަނައާއި ލަގެޖް ބެހެއްޓޭނެ ޖާގަވެސް ހާއްސަކޮށްފައިވާއިރު ފެރީގެ ހިދުމަތް ހަފްތާގެ ހުރިހާ ދުވަހަކުވެސް ލިބޭނެ ކަމަށެވެ.

މި ފެރީ ނިޒާމުގެ ސަބަބުން ލުއި ފަސޭހަ އަވަސް ހިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ ކަމަށާއި ރާއްޖޭހެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދީ އެކަމުން ރާއްޖޭގެ އިގްތިސާދީ އަަދި އިޖްތިމާއި ތަރައްގީއަށް ކުރިއެރުން ތަކެއް ލިބި، ސަރަަހައްދީ ގޮތުން ރައްތަކަށް ތަރައްގީ ލިބިގެންދާނެ ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.

ފެރީ ނިޒާމް ގާއިމް ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާރ އާދަމް އާޒިމެވެ. އަދި ހައުސިން އެންްޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355