twitterviber whatsapp telegramfacebookyoutube instagram
28th December 2025

އިޓަލީން ގެންނަ "ސަލާމީ" ބޭނުން ނުކުރަން އަންގައިފި

ނަބީލާ އިސްމާޢީލް
Jan 17, 2021
1

ޖަރާސީމުގެ ބާވަތެއް ކަމަށްވާ "ސެލްމޮނެއްލާ" އިން ތައައްޔަރުވެފައި ވެދާނެ ކަމަށް ބެލެވޭތީ އިޓަލީން ގެންނަ "ސަލާމީ" ނުވިއްކުމަށާއި ބޭނުން ނުކުރަން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން މިއަދު ބުނީ ޖަރާސީމުން ތައައްޔަރުވެފައިވާ ކަމަށް ބެލެވޭ ސަލާމީ ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލަރޓް ސިސްޓަމް ފޯރ ފުޑް އެންޑް ފީޑް ( އާރްއޭއެސްއެފްއެފް) އިން ދީފައިވާކަމަށެވެ. އަދި އެ އެލަރޓްއާއި ގުޅިގެން ރާއްޖޭގައި ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ހިރާސްގެ މިންވަރު ބަލަމުންދާކަން އެ އޮތޯރިޓީން ބުންޏެވެ.

އެމްއެފްޑީއޭއިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އިޓަލީ ވިލާތުގެ ކުކުޅާއި ޓަރކީ ފިޔަވައި އެހެން އެއްގަމު މަހުގެ ބާވަތްތައް ހިމެނޭ ސަލާމީ ނުވިއްކުމަށާއި ބޭނުންވެސް ނުކުރުމަށް އެދިފައެވެ. އެގޮތުން އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން އެ ނިންމުމަށް އަމަލު ކުރުމަށް ވަނީ އެދިފައެވެ.

އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ އެ އޮތޯރިޓީގެ ނަންބަރު 3014361 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355