twitterviber whatsapp telegramfacebookyoutube instagram
22nd September 2026

ބީއެމްއެލްއިން ބޮޑެތި ވިޔަފާރިތަކަށް 585.9 މިލިއަން ރުފިޔާގައި ލޯނު ދޫކޮށްފި

ޚަދީޖާ އާދަމް
Jan 18, 2021
1

ކޮވިޑް-19 އާ ގުޅިގެން އަސަރު ކޮށްފައިވާ ރާއްޖޭގެ ބޮޑެތި ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް 585.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެބޭންކުން ބުނެފިއެވެ.

މިހާތަނަށް ބީއެމްއެލްއަށް 602 ލޯނު އެޕްލިކޭޝަން ލިބިފައި ވެއެވެ. އޭގެ ތެރެއިން 441 އެޕްލިކޭޝަނެއް ވަނީ އެޕްރޫވް ކޮށްފަ އެވެ. އަދި 20 އެޕްލިކޭޝަނެއް އެކި ސަބަބުތަކާހުރެ ރިޖެކްޓް ކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މިމަހުގެ 14 ގެ ނިޔަލަށް ބީއެމްއެލް މެދުވެރިކޮށް "ކޮވިޑް-19 ރިކަވަރީ ސްކީމް" ގެ ދަށުން މިހާތަނަށް 419 ބުރެއްގެ މަތިން 585.9 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. މީގެތެރޭގައި އަށް މިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.

ބީއެމްއެލް އިން ހަ ޕަސެންޓުގެ އިންޓްރެސްޓުގައި ތިން އަހަރުން ދައްކާ ހަލާސް ކުރާ ގޮތަށް މި ލޯނު ދެނީ އާމްދަނީ 10 މިލިއަން ރުފިޔާ އަށް އަރާ ކުންފުނި ތަކަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293