twitterviber whatsapp telegramfacebookyoutube instagram
29th March 2024

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އިންތިހާބު ބޭއްވޭގޮތަށް ބިލު ފާސްކޮށްފި

ޚަދީޖާ އާދަމް
Jan 19, 2021

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް ބިލު ފާސްކޮށްފި އެވެ. މަޖިލީހުން މިއަދު އެ ބިލު ފާސް ކުރީ، ވޯޓުގައި ބައިވެރި 38 މެމްބަރުންގެ ވޯޓާއެކު އެވެ.

މިދިޔަ އަހަރު ބޭއްވުމަށް ތާވަލުކުރި ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސް ކުރީ، ކައުންސިލް އިންތިހާބާ ބެހޭ ހާއްސަ ގާނޫނެއް ވުޖޫދުކޮށްގެންނެވެ.

އެ ގާނޫނުގެ ދަށުން އިންތިހާބު ބޭއްވެން އޮތީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމާއެކު ކަމާ ބެހޭ ފަރާތްތަކުން އިންތިހާބު ބޭއްވުމަށް ސިއްހީ ނުރައްކަލެއް ނެތް ކަމަށް ކަނޑައެޅުމުންނެވެ.

މިހާރު ބިލު އޮތް ގޮތުން، އަދިވެސް މެއި 10ގެ ކުރިން އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތުގައި އިންތިހާބު ނުބޭއްވޭނަމަ، 30 ދުވަހުގެ ތެރޭގައި އެކަން މަޖިލީހަށް އެންގުމަށް މިހާރު ބިލުގައި އޮތީ ހިމަނާފައެވެ.

ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅި އިރު، އިންތިހާބާ ގުޅިގެން ކުރަން ޖެހޭ ކަން ކަމަށް ދީފައިވާ ބައެއް މުއްދަތުތައް ކުރު ކުރުމަށް އޮތީ ހިމަނާފައެވެ. އެގޮތުން އިންތިހާބުތަކާ ބެހޭ ގާނޫގައިވާ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، އެ ޝަކުވާތަކަށް ޖަވާބު ދިނުމާއި ކޯޓަށް މައްސަލަ ހުށަހެޅުން ފަދަ ބައެއް މުއްދަތުތައް އޮތީ ކުރު ކޮށްފައެވެ. އެހެން ނަމަވެސް ބިލު މަޖިލީހުން ފާސް ކުރީ އިލެކްޝަންސް ކޮމިޝަނުން އެދުނު ގޮތަށް އެ މުއްދަތުތައް ކުރު ނުކޮށެވެ.

މިހާރު އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެޕްރީލް ހަތަރެއްގައި އިންތިހާބު ބޭއްވުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355