twitterviber whatsapp telegramfacebookyoutube instagram
1st August 2026

އެމްއެންޔޫއިން "ޒަމާނީ ނެވިކަމަށް - އެންމެފަހުގެ ސިމިއުލޭޓަރ" އިފްތިތާހްކޮށްފި

Jan 19, 2021

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން، ނެވިގޭޝަން ސެމިއުލޭޓަރ "ޒަމާނީ ނެވިކަމަށް – އެންމެފަހުގެ ސިމިއުލޭޓަރ" (The Next Generation Simulator) އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގެ މިއަދު ބާއްވައިފި އެވެ.

ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ގައި އިފްތިތާހް ކުރެވިގެން މިދިޔަ ނެވިގޭޝަން އަދި GMDSS ސިމިއުލޭޓަރަކީ IMO ގެ މިންގަނޑުތަކަށް ނެވިގޭޝަން އޮފިސަރުންނާއި GMDSS އޮޕަރޭޓަރުން ތަމްރީނުކުރުމަށް ބޭނުން ކުރެވިގެންދާނެ ޒަމާނީ ވަސީލަތެކެވެ. ނެވިގޭޝަން ސިމިއުލޭޓަރަކީ ދަރިވަރުންގެ ނެވިގޭޝަން އަދި ޝިޕްހެންޑްލިން ގެ ހުނަރު ހުރިވަރު ބެލުމަށްޓަކައި ބޭނުން ކުރެވޭ ވަސީލަތެކެވެ.

މި ރަމިއްޔާތު ޝަރަފުވެރި ކުރެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަލްފާޟިލް މުޙައްމަދު އަސްލަމް އެވެ.

މި ވަސީލަތުގެ ސަބަބުން ސެންޓަރ ފޯރ މެރިޓައިމް ސްޓަޑީޒް ގައި ދެވޭތަމްރީނު ތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެކަމަށާއި މިއަހަރުތެރޭގައި އިތުރު ކޯސްތައް ފެށިގެންދާނެ ކަމަށް އެމްއެންޔޫއިން މައުލޫމާތު ދެއެވެ. އިތުރަށް ފޯރު ކޮށްދެވޭނެ ކޯސް ތަކުގެ ތެރޭގައި މާސްޓަރ އެންޑެ ޗީފްމޭޓް ކޯސް، އިލެކްޓްރޯނިކް ޗާޓް ޑޭޓާ އެންޑް އިންފޮމޭޝަން ސިސްޓަމްސް(ECDIS)، ބްރިޖް ޓީމް މެނޭޖްމެންޓް(BTM)، ބްރިޖް ރިސޯސް މެނޭޖްމެންޓް (BRM)، ގްލޯބަލް މެރިޓައިމް ޑިސްޓްރެސް ސޭފްޓީ ސިސްޓަމް (GMDSS) ފަދަ ކޯސްތައް ހިމެނެއެވެ. މީގެ އިތުރުން ޑެކް އޮފިސަރުންނާއި ކެޕްޓަނުންގެ ރިފްރެޝާރ ކޯސް ތަކުގައި ސިމިއުލޭޓަރ ބޭނުން ކުރެވޭނެ އެވެ.

އެމްއެންޔޫއިން ބުނީ އެ ޔުނިވާސިޓީން މަސައްކަތް ކުރަނީ އެޑްވާންސްޑް ޑިޕްލޮމާ އިން ނޯޓިކަލް ސައިންސް ބެޗެލަރ އޮފް ސައިން އިން މެރިން އޮޕަރޭޝަންސް މެނޭޖްމެންޓް ފަދަ ކޯސްތައް ވެސް ފަރުމާކުރަން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355