twitterviber whatsapp telegramfacebookyoutube instagram
20th April 2024

އިންޑިޔާއިން އުފެއްދި ކޮވިޑް ވެކްސިން ޖަހަން އެގައުމުގެ އެތައްބަޔަކު ދެކޮޅު ހަދައިފި

Jan 19, 2021
2

އިންޑިޔާގައި އުފެއްދި ކޮވިޑް ވެކްސިން ޖަހަން އެގައުމުގެ ގިނަބަޔަކު ދެކޮޅު ހަދައިފިއެވެ. އެގައުމުން ކޮވިޑް ވެކްސިން ދިން ދެ މީހަކު މަރުވުމާއި ގުޅިގެން ވެކްސިންގެ އިތުބާރު ރައްޔިތުންގެ މެދުގައި ގެއްލިފައިވާކަން އެގައުމުން ކުރިއަށް ގެންދިޔަ ވެކްސިން ކެމްޕެއިނުގެ ތެރެއިންވެސް ވެސް ފާހަގަވެފަ ވެއެވެ.

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެގައުމުން ކުރިއަށް ގެންދިޔަ ވެކްސިން ކެމްޕެއިނަށް ވެކްސިން ޖެހުމަށް އަންނަ ޖެހޭ މީހުންގެ ތެރެއިން ތިން ބައިކުޅަ އެއްބައި މީހުން އައިސްފައެއް ނުވެއެވެ.

ވެކްސިން ޖެހި މީހުންގެ ތެރެއިން ދެމީހުން މަރުވެފައިވާކަން އެގަމުގެ ސަރުކާރުންވެސް ޔަގީކޮށް ދީފައިވާއިރު ސަރުކާރުން ވަނީ އެ ދެ މީހުން މަރުވެފައިވަނީ ވެކްސިންގެ ސަބަބުން ނޫންކަމަށް ބުނެފައެވެ.

މަރުވި މީހުންގެ ތެރެއިން އެކަކަކީ 52 އަހަރު ފިރިހެނެކެވެ. އެއީ އުއްތަރަ ޕްރަދޭޝަށް ނިސްބަތްވާ މީހެކެވެ. ސަރުކާރުން ބުނެފައިވަނީ އެމީހާ މަރުވީ ކާރިޑިއޮޕުލްމޮނަރީ ބަލީގައި ކަމަށެވެ. އެއީ ހިތަށާއި ފުއްޕާމެއަށް ޖެހޭ ބައްޔެކެވެ.

ދެންވެސް މަރުވެފައިވަނީ ފިރިހެނެކެވެ. އެއީ ކަރްނާޓަކާއަށް ނިސްބަތްވާ 43 އަހަރުގެ މީހެެކެވެ. އެމީހާ މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ދުނިޔޭގެ އެންމެ ބޮޑު ވެކްސިން ކެމްޕެއިން އިންޑިޔާގައި ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެ ގައުމުގެ އަމާޒަކީ އެގައުމުގެ އާބާދީގައި ހިމެނޭ 1.3 ބިލިއަން މީހުންގެ ތެރެއިން 300 މިލިއަން މީހުންނަށް ޖުލައިގެ ނިޔަލަށް ވެކްސިން ދިނުމެވެ. ނަމަވެސް ގިނަ ބަޔަކު ވެކްސިން ޖެހުމަށް ދެކޮޅުން ހަދަމުން ގެންދާތީ އެ ލަނޑުދަނޑި ހާސިލްވާނެ ކަމާމެދު ވަނީ ސުވާލު އުފެދިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355