twitterviber whatsapp telegramfacebookyoutube instagram
19th September 2026

ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި

ޚަދީޖާ އާދަމް
Jan 21, 2021

ހއ. ހޯރަފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ހަވާލު ކޮށްފި އެވެ.

މި މަޝްރޫއުގައި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް 50 މީޓަރުގެ ފަސް ގްރޮއިނާއި 30 މީޓަރުގެ އެއް ގްރޮއިން ގާއިމު ކުރާނެ އެވެ.

ގާތްގަނޑަކަށް 6 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 75 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި މަޝްރޫއު އެމްޓީސީސީ އަށް ހަވާލު ކުރީ އެކަމަށް ހާއްސަ ކޮށްގެން އިއްޔެ ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ މަސައްކަތުގެ އެއްބަސް ވުމުގައި އެމްޓީސީސީގެ ފަރަތުން ސޮއި ކުރެއްވީ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި ޕްލޭނިންގ މިނިސްޓަރީގެ ފަރާތުން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293