twitterviber whatsapp telegramfacebookyoutube instagram
28th July 2026

އުރީދޫއިން ސެމްސަންގް ގެލެކްސީ އެސް 21+ 5ޖީ އަދި އެސް 21+ އަލްޓްރާ 5ޖީ ގެ ޕްރީއޯޑާއަށް ހާއްސަ އޮފާތަކެއް

Jan 21, 2021

ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ އެސް 21+ 5ޖީ އަދި ގެލެކްސީ އެސް 21+ އަލްޓްރާ 5ޖީ ފޯން ޕްރީއޯޑާރ ކުރުމަށް އުރީދޫއިން ހުޅުވާލައިފި އެވެ.

އުރީދޫއިން ވަނީ ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުމަށް ފަސޭހަކޮށްދިނުމަށް ހާއްސަ އޮފާއެއް ތައާރަފްކޮށްފަ އެވެ.

ޕްރީއޯޑަރަށް ބައްލަވައިގަންނަވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 21+ ސީރީޒް ގެ ފޯނަކާއެކު، ކޮންމެ މަހަކު 2 ޖީބީ ހިލޭ ޑޭޓާ 6 މަސް ދުވަހަށް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޕްރީ އޯޑަރ ކުރައްވާ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 20+ އަކާ އެކު ސްމާރޓް ޓެގް، ގެލެކްސީ ފިޓް 2 ފިޓްނަސް ބޭންޑްއެއް ލިބިވަޑައިގަންނަވާނެއެވެ.

ޕްރީއޯރޑަރ ކުރައްވާ ކޮންމެ ގެލެކްސީ އެސް 21+ އަލްޓްރާއަކާއެކުވެސް ހިލޭ ޑޭޓާގެ އިތުރުން ސްމާރޓް ޓެގް އަދި ގެލެކްސީ ބަޑްސް ލައިވް ޕްލަސްއެއް މުޅިންހިލޭ ލިބިވަޑައިގަންނަވާނެއެވެ.

ގެލެކްސީ އެސް 21 ސީރީޒްގެ ޕްރީއޯޑަރ ހާއްސް އޮފަރގެ އިތުރުން އީސިމް އަޕްގްރޭޑް މުޅިން ހިލޭ ލިބިގެންދާނެއެވެ.

ޕްރީއޯރޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ 21+ ސީރީޒް ގެ މި ފޯނުތައް އުރީދޫގެ އީ ކޮމަރސް ޕްލެޓްފޯރމް މޫލީ މެދުވެރިކޮށް ޕްރީއޯރޑަރ ކުރުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ. މޫލީ މެދުވެރިކޮށް ބައްލަވައިގަތުމަށް http://ore.do/app އަށް ޒިޔާރަތް ކުރަށްވާށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355