twitterviber whatsapp telegramfacebookyoutube instagram
26th September 2026

16 އަހަރުން ދަށުގެ ކުދިން ގަޔަށް ވެކްސިން ނުޖަހާނެ: އެޗްޕީއޭ

ޚަދީޖާ އާދަމް
Jan 24, 2021
1

ކޮވިޑް19 އިން ރައްކާތެރިވުމަށް ވެކްސިން ޖެހުން މަޖުބޫރު ނުވާނެ ކަމަށާއި އަދި 16 އަހަރުން ދަށުގެ ކުދިން ގަޔަށް ވެކްސިން ނުޖަހާނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

ވެކްސިން ޖެހުން އެންމެ މުހިންމު މީހުންގެ ތެރޭގައި، ސިއްހީ ހިދުމަތްތެރިންނާއި ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުން ކަމުގައިވާ އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތައް ތަހައްމަލު ކުރާ މީހުން ހިމެނެ އެވެ.

ވެކްސިނަށް މީހުން ހޭލުންތެރިކުރުމަށް އެޗްޕީއޭ އިން އާންމުކުރާ ސުވާލާއި ޖަވާބުގައި ބުނެފައި ވަނީ ކޮވިޑް19 ވެކްސިން އަކީ އެ ބަލި ޖައްސާ ވައިރަސްކަމުގައިވާ ނޮވެލް ކޮރޯނާވައިރަސް އިންރައްކާތެރިވުމަށް އިންސާނާގެ ދިފާއީ ނިޒާމު ތައްޔާރުކޮށްދޭ އެއްޗެއް ކަމަށާއި ބަލިން ސަލާމާތް ވުމުގެ އުންމީދު ބޮޑީ، ރައްކާތެރި އަދި ރަނގަޅު ވެކްސިނެއް ޖެހުމުން ކަމަށެވެ.

މި މަހުގެ 20 ވަނަ ދުވަހު އިންޑިއާ ސަރުކާރުން ވަނީ 'ކޮވިޝީލްޑް' ވެކްސިންގެ އެއް ލައްކަ ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

ކޮވިޝީލްޑް އަކީ ރައްކާތެރިކަމާއި ނަތީޖާ ރަގަޅުކަން ދެނެގަނެފައިވާ، ވެކްސިނެއް ކަމަށާއި އަދި އެއީ ފަސޭހައިން ފިނިހޫނުމިން ބެލެހެއްޓޭގޮތަށް އާދައިގެ ފްރިޖުތަކުގައި ހުންނަ ފިނިހޫނުމިނުގައި ރައްކާކޮށްފައި ބެހެއްޓޭނެ ވެކްސިނެއްކަމުން، ވެކްސިން އެކި ހިސާބުތަކަށް ފޯރުކޮށްދިނުމަށް ފަސޭހަވާނެ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293