twitterviber whatsapp telegramfacebookyoutube instagram
25th April 2024

ތިމާވެއްޓަށް ގެއްލުންވާގޮތަށް ޖަރީމާ ހިންގާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް 11 ޖަމިއްޔާއަކުން ގޮވާލައިފި

ޚަދީޖާ އާދަމް
Jan 24, 2021

ރާއްޖޭގެ ތިމާވެއްޓަށް ގެއްލުން ވާގޮތަށް އަމަލުކުރަމުންދާ ފަރާތްތަކަށް މެދު ގާނޫނީ ފިޔަވަޅުތައް އެޅުމަށް ރާއްޖޭގެ 11 ޖަމިއްޔާއަކުން ގޮވާލައިފި އެވެ.

ތިމާވެއްޓަށް ދޭ ގެއްލުންތައް ހުށްޓުވަން އަަޅަން ޖެހޭ ފިޔަވަޅުތައް އިދާރާތަކުން ނާޅާ ކަމަށް ބުނެ މަދަނީ ޖަމިއްޔާތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފައި ވާއިރު، ގިލިލަންކަންފުށި ރިސޯޓުގެ ބަޔަކު އަރާ މާފުށި ކައިރީގައި އޮތް ފިނޮޅެއް ހަލާކުކުރި މައްސަލާގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ދެއްކި ވާހަކަތައް ވެސް އެ ޖަމިއްޔާތަކުން ވަނީ ކުށްވެރިކޮށްފައެެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް ހިމެނޭ ގޮތަށް 11 ޖަމިއްޔާއެއް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އަގު ނުކުރެވޭ ފަދަ ގުދުރަތީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތައް ދީ ތިމާވެށީގެ ބޮޑެތި ޖަރީމާތައް ހިންގަމުން ދާއިރު އެކަމަށް ދޭން ޖެހޭ އަހައްމިއްޔަތު ދައުލަތުން ނުދޭ ކަމަށެވެ.

އެގޮތުން ގިލިލަންކަންފުށީގެ މައްސަލަ އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އަޅަން ބަޔާނުގައި ޖަމިއްޔާތަކުން ގޮވައިލި އެވެ.

ބަޔާން ނެރުނީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އާއި އިކޯކެއާގެ އިތުރުން ދަ މޯލްޑިވްސް ރެޒިލިއެންޓް ރީފްސް ޕްރޮޖެކްޓް، ސޭވް ހުވަދޫ، ސޭވް މޯލްޑިވްސް، ލޭންޑް ސީ މޯލްޑިވްސް، ބިލީފް، ހުވަދޫ އެއިޑް އަދި މަލަފެހިމީދޫ ބައިވެރިވެގެންނެވެ.

ޖަމިއްޔާތަކުން ބުނިގޮތުގައި ތިމާވެށީގެ އެފަދަ ކުށްްތަކުގެ ސަބަބުން ރައްޔިތުންގެ ހިތްހަމަޖެހުމާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މުުހިއްމު ވަސީލަތްތަކެއް ނެތިގެންދާނެ އެވެ.

ތިމާވެއްޓަށް ގެއްލުން ދިނުމަކީ ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކުން މަނާކޮށްފައިވާ ކަަމަކަށް ވިޔަސް އެފަދަ ކުށްތައް ކުރާ މީހުންނަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ދައުލަތް ނުކުޅެދިފައިވާ ކަމަށާއި އެއީ ހިތާމަކުރާ ކަމެއް ކަމަށް ޖަމިއްޔާތަކުުން ބުންޏެވެ.

ތިމާވެށި ހަލާކު ކުރުމަކީ ނަސްލު ނައްތައިލަން މަސައްކަތް ކުރުމާ އެއްވަރުގެ ކަމެއްގެ ގޮތުގައި ބަލައިގަންނަން ރާއްޖޭން 2019 ވަނަ އަހަރު ހުށަޙަޅާފަައިވާ ކަމަށް ވެސް ޖަމިއްޔާތަކުން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355