twitterviber whatsapp telegramfacebookyoutube instagram
31st May 2026

2030 އަހަރުގެ ނިޔަލަށް ރާއްޖޭން ދޫކުރާ ވިހަ ގޭހުގެ 26 އިންސައްތައް ކުޑަކުރުމަކީ އަމާޒެއް

ޚަދީޖާ އާދަމް
Jan 28, 2021

2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭން ދޫކުރާ ވިހަ ގޭހުގެ 26 އިންސައްތަ ކުޑަކުރުމަކީ އަމާޒެއްކަމަށް އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.

އޮންލައިންކޮށް ބޭއްވި ކްލައިމެޓް އެޑަޕްޓޭޝަން ސަމިޓް 2021 ގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖެ ހިއްސާކުރަނީ ދުނިޔޭގެ ނިސްބަތުން ޖައްވަށް ދޫކުރާ ވިހަގޭހުގެ އެންމެ 0.003 އިންސައްތަ ކަމަށާއި ނަމަވެސް ރާއްޖެއިން ލީޑަރޝިޕް ދައްކާނެ ކަމަށާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ހަރުދަނާ ބޮޑެތި ފިޔަވަޅުތައް އެޅުމަށާއި ބޮޑެތި ނިންމުންތައް ނިންމުމަށް ގޮވާލާނެ ކަމަށެވެ.

އެގޮތުން އަމާޒަކީ 2030އަށް ރާއްޖެއަކީ ނެޓް ޒީރޯ ގައުމަކަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގެއްލުންތަކަކީ ބޮޑު ގޮންޖެހުމެއް ކަމަށާއި، އެކަމާ ގުޅިގެން މީހުންގެ ދިރިއުޅުމަށް ބޮޑެތި ގެއްލުންތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.

މި ގެއްލުންތައް ކުރިމަތިވާލެއް ގިނަވަމުން އަންނަ ކަމަށާ މީގެ ސަބަބުން ދެމެހެއްޓެނިވި ތަރައްގީއަށް ވާސިލުވުމަށް ކުރާ މަސައްކަތްތައް ކުރުމަށް އިތުރު ދަތިތަކާ ކުރިމަތިވާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މި ގެއްލުންތައް ކުޑަކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ އެކަމަކަށް ވަރަށް ގިނަ ފައިސާގެ އެހީ އާއި ވަސީލަތްތައް ބޭނުންވާނެ ކަމެއްކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355