twitterviber whatsapp telegramfacebookyoutube instagram
8th November 2026

މަމެން ޑޭޓާ އެޑްއޮންތަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް

ޚަދީޖާ އާދަމް
Jan 28, 2021

ދިރާގު މަމެން އެޑްއޮންތަކުން 15 ޕަސެންޓް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. ދިރާގުން ބުނީ ޑޭޓާ އެޑްއޮން ނަގަން ބޭނުންވާ ކަސްޓަމަރުން މަމެން އެޕްލިކޭޝަން މެދުވެރިކޮށް "އެޑް-އޮންސް" ޓެބުން ލިބެން ހުންނަ އެޑް-އޮންތައް ބަލައިލެވޭނެކަމަށާއި ޕްރޮމޯޝަންގެ ދަށުން މާޗު 20 ވަނަ ދުވަހާއި ހަމައަށް މަމެން ޑޭޓާ އެޑޮންތަކުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

ޕެކޭޖްތަކުގެ އަދަދު ފެންނަން ހުންނާނީ އާރްބީން ކަމަށާއި ޕެކޭޖް ގަތުމާއެކު އާރްބީގެ ބެލެންސުން ކެނޑޭނެކަމަށް ދިރާގުން މައުލޫމާތު ދެއެވެ. އެޑްއޮން ގަތުމުގެ ކުރިން އެކައުންޓް ބެލެންސް ނުވަތަ ބާކީ ޗެކް ކުރުމަށް ދިރާގުން ވަނީ ހުރިހާ ކަސްޓަމަރުންނަށް ވެސް އިލްތިމާސް ކޮށްފަ އެވެ. އެގޮތުން އެކައުންޓްގެ ބާކީ ބެލުމަށް މަމެން މޮބައިލް އެޕް ނުވަތަ 727 އަށް އެސްއެމްއެސް ކޮށްގެން ނުވަތަ *142# އަށް ގުޅައިގެން ބަލައިލެވޭނެ އެވެ.

އެ އެޑްއޮންތަކަކީ ޗެޓް، ސޯޝަލް މީޑިއާ އަދި ސްޓްރީމިންއަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ އެޑްއޮންތަކެކެވެ. ކަސްޓަމަރުންނަށް ހަތް ދުވަހާއި 15 ދުވަހާއި 30 ދުވަހުގެ މުއްދަތު ހިމެނޭ އެޑްއޮން ނެގޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293