twitterviber whatsapp telegramfacebookyoutube instagram
26th June 2026

ޓެކްސީތަކުގައި އެތެރެ ފެންނަ ބިއްލޫރި ޖަހަން އަންގައިފި

ޚަދީޖާ އާދަމް
Jan 31, 2021

ޓެކްސީ ކުރާ އުޅަނދުތަކުގެ ބިއްލޫރި އެތެރެ ފެންނަ ބިއްލޫރިއަށް ބަދަލުކުރަން ޓްރާންސްޕޯޓު އޮތޯރިޓީ އިން އަންގައިފި އެވެ.

އެ އޮތޯރިޓީ އިން އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ގަވައިދުގައި ބުނާ މިންގަނޑަށް ޓެކްސީ ކުރާ ގިނަ އުޅަނދުގެ ދޮރުފަތުގެ ބިއްލޫރި ނުހުންނަ ކަން ފާހަގަ ކުރެވޭ ކަމަށާއި ކްސީ ގަވައިދުގެ 11 ވަނަ މާއްދާ ބުނާގޮތުން ޓެކްސީކުރާ އުޅަނދުގެ ބިއްލޫރި ހުންނަންވާނީ މަގެއްގެ އަރިމަތީގައި ހުންނަ މީހަކު އާދައިގެ ގޮތަކަށް އެ އުޅަނދު ބަލާއިރު، އެ އުޅަނދުން ދަތުރުކުރާ ފަސިންޖަރުން ފެންނަގޮތަށް ކަމަށެވެ.

ޓެކްސީތަކުގައި ޓިންޓު ނުވަތަ ކަޅު ބިއްލޫރި ޖެހުން މަނާ ކުރީ ޓެކްސީ އަށް އަރާ ފަސިންޖަރުންނަށް ޑްރައިވަރުންގެ ފަރާތުން އެކި ކަހަލަ ގޯނާ ކުރިމަތިވާކަމުގެ ޝަކުވާ އާއެކު އެވެ.

ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނީ މި ޖެނުއަރީ މަހުގެ 31 އިން ފެށިގެން ހަ މަސް ތެރޭގައި ޓެކްސީކުރާ އުޅަނދުގެ ހަތަރު ދޮރުފަތާއި ވިންޑްސްކްރީނުގެ ބިއްލޫރި އެތެރެ ފެންނަ ސާފު ބިއްލޫރިއަށް ބަދަލު ކުރުމަށް އަންގާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355