twitterviber whatsapp telegramfacebookyoutube instagram
21st April 2021

ކުޅުދުއްފުށީގައި ކޮވިޑް ވެކްސިން ދޭން ފަށައިފި، ފުރަތަމަ ކޭއާރުއެޗްގެ މެނޭޖަރު

ޚަދީޖާ އާދަމް
Feb 1, 2021
1

ކުޅުދުއްފުށީގައި ކޮވިޑް ވެކްސިން ދޭން ފަށައިފި އެވެ. އެގޮތުން ފުރަތަމަ ވެކްސިން ޖަހާފައިވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަހުމަދު ދާއޫދަށެވެ.

މިއަދު ރާއްޖޭގެ 3 ސަރަހައްދެއްގައި އިންޑިޔާގެ "ކޮވިޝީލްޑް" ވެކްސިން ދޭން ފަށާފައިވާއިރު މާލެއާއި ކުޅުދުއްފުށީގެ އިތުރުން ދެން ވެކްސިން ދެނީ އައްޑޫގައެވެ. ކުޅުދުއްފުށީގައި ކޮވިޑް ވެކްސިން މިއަދު ހެނދުނު 10:15 ގައި ވަނީ ދޭން ފަށާފައެވެ. ކުޅުދުއްފުށީގައި ވެކްސިން ދެމުން ގެންދަނީ އުފަން ހިޔާ އިމާރާތުގައި އެވެ.

އަހުމަދު ދާއޫދަށްފަހު ވެކްސިން ޖެއްސެވީ އެ ހޮސްޕިޓަލްގެ ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު މުހައްމަދު ފައިސަލެވެ. މިއަދު 30 މީހުންނަށް ވެކްސިން ދިނުމަށް ހަމަޖެހިފައިވާއިރު ވެކްސިން ދޭނީ ހެލްތް ވޯކަރުންނަށާއި ނަރުހުން އަދި ލެބޯޓްރީގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

ރާއްޖޭގައި ޖަހަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓްގައި ހަދާ އޮކްސްފޯޑް ވެކްސިނެވެ. އިންޑިޔާ އިން ވަނީ މީގެ އެއްލައްކަ ޑޯޒް ހަދިޔާ ކޮށްފަ އެވެ. އަދި ސިންގަޕޫރުގެ އެސްޓްރަޒެނެކާ ކުންފުނިން އިތުރު ހަތް ލައްކަ ޑޯޒް ވެކްސިން ގަންނަން ސަރުކާރުން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355