ދިރާގުގެ ހިދުމަތްތައް ހޯދުމަށާއި ބިލްތަކަށް ފައިސާ ދެއްކުމަށް ދިރާގު "މައިއެކައުންޓް" އަދި ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ހިދުމަތްތައް ބޭނުން ކުރުމަށް ދިރާގުން އިލްތިމާސް ކޮށްފިއެވެ.
ދިރާގުން މިގޮތަށް އިލްތިމާސް ކޮށްފައިމިވަނީ ކޮވިޑް-19 ފެތުރެމުންދާ މި ދަނޑިވަޅުގައި ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިރާގުން ބުނެއެވެ.
އެ ކުންފުނިން ބުނީ އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް ސެންޓަރުތައް މިހާރު ހުޅުވިފައި ވީނަމަވެސް ކަސްޓަމަރުންނަށް ހިދުމަތް ދެވޭނީ ކުރީބައިގައި އެޕޮއިންޓްމެންޓެއް ހަދައިގެން ކަމަށެވެ.
ދިރާގުގެ "މައިއެކައުންޓް" މެދުވެރިކޮށް އިންޓަނެޓް އަދި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް ފިކްސްޑް ބްރޯޑްބޭންޑް އާއި މޮބައިލް ޕެކޭޖްތަކުގެ ޔޫސޭޖް ތަފުސީލު ބަލާލައި ބިލް ދައްކާ އަދި ދިރާގުގެ އެކި ހިދުމަތްތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރު ތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިން ކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ.
ރާގުގެ "މައިއެކައުންޓް" ހިދުމަތައް މިހާތަނަށް ރެޖިސްޓަރ ކުރައްވާފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓަރ ކުރެވޭނެއެވެ.
ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށާއި އެޗްޕީއޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށެވެ.