twitterviber whatsapp telegramfacebookyoutube instagram
20th March 2026

ހދ މަކުނުދޫއާއެކު އިތުރު 4 ރަށެއްގައި އެއާޕޯޓް ތަރައްގީކުރަނީ

ޚަދީޖާ އާދަމް
Feb 4, 2021
2

ފަސޭހަ ދަތުރުފަތުރުގެ ނިޒާމަކުން ރަށްތައް ގުޅައިލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި އަހަރު 5 އެއާޕޯޓެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފެއްޓެވުމުގެ ގޮތުން މިއަދު ބޭއްވި ހާއްސަ ޖަލްސާގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ މި އަހަރުގެ ތެރޭގައި އިތުރު ފަސް ރަށެއްގައި އެއާޕޯޓް ހެދުމަށް ގަސްތު ކުރައްވާ ކަމަށާއި އެއީ މ. މުލަކު، ހދ. މަކުނުދޫ، ށ.ބިލެއްފަހު، ބ.ތުޅާދޫ އަދި ތ.ވިލުފުއްޓެވެ.

އެގޮތުން މ. މުލީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް މިމަހުގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެން ހުރި ރަށްތަކުގައި އެއާޕޯޓް ހަދައިދޭނެ ބަޔަކު ހޯދަން މިހާރު ހުޅުވާލާފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމަށް މިދިޔަ އަހަރު ހއ. ހޯރަފުށީ އެއާޕޯޓްގެ މަސައްކަތް ނިންމާ ހުޅުވިފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355