twitterviber whatsapp telegramfacebookyoutube instagram
1st November 2026

ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ކުނިތައް ހުސްކުރުމުގެ މަސައްކަތް މާދަމާ ފަށަނީ

އަބްދުލް ވާހިދު ޙަސަން
Feb 4, 2021
5

ކުޅުދުއްފުށީ ކުނިކޮށީގައި ހުރި ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް މާދަމާ ވެމްކޯގެ ޓީމު ފަށާނެކަމަށް ކުޅުދުއްފުށީ ކައުންސިލުން ހާމަކޮށްފި އެވެ.

20 ރަށެއްގައި ގިނަ ދުވަސްތަކެއް ވަންދެން ޖަމާވެފައިވާ ހުރި ކުނިތައް ނަގައި ސާފުކުރުމަށް ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހްވެސް ވަނީ މިއަދު ވިދާޅުވެފަ އެވެ.

ވެމްކޯއާ ހަވާލާދީ ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުލް ލަތީފް ހަސަން ވިދާޅުވީ، ކުނިކޮށީގައި ޖަމާވެފައިވާ ކުނިތައް ނަގައި ސާފުކުރުމަށް ބޭނުންވާ ބައެއް ވެހިކަލްތައްވެސް މިއަދު ކުޅުދުއްފުއްޓަށް އައިސްފައިވާ ކަމަށެވެ. އެކަމަށް ވެމްކޯގެ ޓީމް ތައްޔާރުވަމުންދާކަމަށް ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ، ކުނިކޮށި ސާފުކުރުމުގެ މަސައްކަތް މާދަމާ ފަށަން ހަމަޖެހިފައިވާއިރު ކުނިތައް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވެއްޔާއި ކުނިތައް ވަކިކޮށް، ފުރޭނުމަށްފަހު ކަމަށެވެ.

"ފުރަތަމަ ކުނިތައް ވެއްޔާއި ވަކިކުރުމަށް ފުރޭނުމަށްފަހު، ކުނިތައް ބޭރުކުރަން ފަށާނީ." ލަތީފް ވިދާޅުވި އެވެ.

ފުރަތަމަ ދުވަހު ކުނިތައް ބޭރުކުރަން ނުފަށާނެ ކަމަށާ ފުރޭނޭ ވަރަކުން ކުނިތައް ރަށުން ބޭރުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށެވެ.

ކުނިތައް ބޭރުކުރުމަށްފަހު ވެލިތައް ބޭނުންކުރާނީ ކުނިކޮށި ލެވެލްކުރުމަށާއި ރަށުގެ އަޑި ސަރަހައްދުތަކަށް އަޅައި ލެވެލްކުރުމަކަމަށް ލަތީފް ވިދާޅުވި އެވެ.

Kulhudhuffushi kuni kosheegai jamaavefaivaa kunithah huskurumuge masakkai WAMCO in kurumah ready vanee

6 mas therey...

Posted by Abdullatheef Hassan on Thursday, February 4, 2021

ލަތީފް ވިދާޅުވީ، މަސައްކަތް ނިންމާލުމަށް 6 މަސް ނަގާނެކަމަށް ވެމްކޯއިން ހާމަކޮށްފައިވާ ކަމަށާ މަސައްކަތް ނިންމާލުމުން ކުނި މެނޭޖްކުރުމުގެ މަސައްކަތް ކައުންސިލުން ފަށާނެ ކަމަށެވެ.

ޒަމާންވީ މިމައްސަލައަށް ހައްލު ލިބިގެންދާތީ ކައުންސިލްގެ ރައީސް ހުންނެވީ ވަރަށް ބޮޑު ހިތްހަމަޖެހިގެންނެވެ. އޭނާ ވިދާޅުވީ، މިއީ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއްކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293