twitterviber whatsapp telegramfacebookyoutube instagram
11th May 2021

އިންޓަރ އޮފީސް ފުޓްސެލް އަދި އަންހެން ފުޓްސެލް މުބާރާތް މާރޗު 8 ގައި ބާއްވަނީ

Feb 9, 2021

ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުން އިންތިޒާމްކޮށްގެން ކުޅުދުއްފުށީގެ ސަރުކާރު މުއައްސަސާތަކަށާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ އިންޓަރ އޮފީސް ފުޓްސެލް މުބާރާތަކާއި ކުޅުދުއްފުށީގެ އަންހެން ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ އަންހެން ފުޓްސެލް މުބާރާތެއް 08 މާރިޗު 2021 ގައި ބޭއްވުމަށް އިއުލާންކޮށްފި އެވެ.

25 ފެބުރުވަރީ 2021ގެ ކުރިން ޓީމުތަކުން ބައިވެރިވުމަށް ހުޅުވާލައިފައިވާ، މި 2 މުބާރާތްވެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް ފުޓްސެލް ދަނޑުގަކަމަށް ހިރަފުހުން މައުލޫމާތުދެ އެވެ.

"ޒެޑް.އެޗު ކޮންސްޓްރަކްޝަން އިންޓަރ އޮފީސް ފުޓްސެލް ޗެލެންޖު 2021" ނަމުގައި ކުރިއަށްގެންދާ އިންޓަރ އޮފީސް ފިރިހެން ފުޓްސެލް މުބާރާތުގައި ކުޅެވޭނީ އެމުވައްސަސާއެއްގައި ނުވަތަ އެކުންފުންޏެއްގައި 01 ފެބުރުވަރީ 2021 ގެ ކުރިން ރަޖިސްޓްރީވެފައިވާ މުވައްޒަފުންނަށެވެ.

އޮފީސް މުވައްޒަފުންގެ އިތުރުން އެހެން އެއްވެސް ފަރާތަކަށް މިމުބާރާތުގައި ކުޅުމުގެ ފުރުޞަތު ދީފައެއް ނުވެއެވެ. މި މުބާރާތުގައި އެއް މުވައްސަސާއަކުން ނުވަތަ އެއްކުންފުންޏަކުން އެއްޓީމަށްވުރެ ގިނަޓީމް ބައިވެރިކުރެވިދާނެކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ޒެޑް.އެޗު ކޮންސްޓްރަކްޝަންއެވެ.

"ސޮފީ ކަނބުލޮ ފުޓްސެލް ޗެލެންޖު 2021" ނަމުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ އަންހެން ފުޓްސެލް މުބާރާތުގައި ކުޅެވޭނީ 01 ފެބުރުވަރީ 2021 ގެ ކުރިން ކުޅުދުއްފުށީގައި ރަށްވެހި ވެފައިވާ ކުޅުންތެރިންނަށެވެ. އޭގެ އިތުރުން ކުޅުދުއްފުށީ މީހަކާ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށާއި، ދަރިއަކަށް ކިޔަވައިދިނުމުގެ ގޮތުން ކުޅުދުއްފުށީގައި ދިރިއުޅޭ ފަރާތްތަކަށާއި، ކުޅުންތެރިޔާގެ މަންމަ ނުވަތަ ބައްޕައަކީ ކުޅުދުއްފުށީ މީހެއްނަމަ މިމުބާރާތުގައި ކުޅެވޭނެއެވެ. އަދި ކުޅުންތެރިޔާއަކީ ކުޅުދުއްފުށީގެ ސަރުކާރު މުއައްސަސާއެއް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ މުވައްޒަފެއްނަމަ މިމުބާރާތުގައި ކުޅެވޭނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން މަޢުލޫމާތު ދެއެވެ.

މިމުބާރާތުގެ މެއިން ސްޕޮންސަރ އަކީ ސިބްކޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން މާކެޓް ކުރާ "ސޮފީ" ޕެޑް އެވެ.

މި 2 މުބާރާތުގެ ވެސް ތީމުގެ ގޮތުގައި ""ގެވެށި އަނިޔާ ހުއްޓުވުން" ކަނޑައަޅާފައިވާއިރު، މި 2 މުބާރާތް ކުރިއަށްދާއިރު ގެވެށި އަނިޔާ ރިޕޯޓް ކުރުމާއި ގެވެށި އަނިޔާ ހުއްޓުވުމަށް ކުރެވެނޭ ކަންކަމާއި އެކަމުގެ މުހިންމު ކަމުގެ މައުލޫމާތު ހިއްސާ ކުރެވޭނެ ކަމަށް ހިރަފުސް ފުޓްބޯޅަ ޓީމުން ހާމަކުރެއެވެ.

ހިރަފުސް ފުޓްބޯލް ޓީމަކީ ކުޅުދުއްފުށީގެ އިޖުތިމާއި ހަރަކާތްތަކުގައި ބައިވެރިވަމުން އަންނަ ހިރަފުސް ދަނޑަށް ނިސްބަތްވާ ޓީމެކެވެ. މިޓީމުގެ ފަރާތުން ކުޅިވަރުގެ ގިނަހަރަކާތްތަކެއް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާކަން ފާހަގަކޮށްލެވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355