twitterviber whatsapp telegramfacebookyoutube instagram
11th May 2021

އަތޮޅު ވޮލީބޯޅަ މުބާރާތް މިއަހަރު ނޮޅިވަރަންފަރުގައި

އަބްދުލް ވާހިދު ޙަސަން
Feb 9, 2021

ހދ އަތޮޅު ކައުންސިލުން މިއަހަރު ބާއްވަން ނިންމާފައިވާ ވޮލީބޯޅަ މުބާރާތް ނޮޅިވަރަންފަރުގައި ބާއްވަން ނިންމައިފި އެވެ. އެރަށުގައި މުބާރާތް ބާއްވަން ނިންމީ ހޯސްޓްކުރުމަށް ހުޅުވާލި ފުރުސަތުގައި އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވަނީ ނޮޅިވަރަންފަރު ކައުންސިލުން ކަމަށްވާތީ އެވެ.

އެ މުބާރާތް ހޯސްޓްކުރުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިވީ ނޮޅިވަރަންފަރު ކައުންސިލްގެ އިތުރުން، ކުޅުދުއްފުށީ، ޑަބުލިއު ސްޕޯޓްސް އެކަޑަމީންނެވެ.

ފިރިހެން އަދި އަންހެނުންނަށް ހުޅުވާލައިގެން ބާއްވަން އިއުލާންކޮށްފައިވާ މިމުބާރާތް ފެށޭނީ މާރޗުމަހުގެ 8 ވަނަ ދުވަހު އެވެ. ހދ އަތޮޅު ކައުންސިލުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 11 ފެބުރުއަރީން ފެށިގެން 23 ފެބުރުއަރީގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

މުބާރާތް މާރޗުމަހު ބޭއްވުމަށް ނިންމިއިރު މިއަހަރު ވަނީ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމު ބޮޑުކޮށްފަ އެވެ. އެގޮތުން ޗެމްޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 15000 ރުފިޔާގެ ފައިސާގެ އިނާމެކެވެ. އެންމެ ފަހު 2019 ވަނަ އަހަރު މި މުބާރާތް ބޭއްވިއިރު ޗެމްޕިއަން ޓީމަށް ދީފައިވަނީ 10000 ރުފިޔާ އެވެ.

އެކަމަކު ރަނަރަޕް ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރުވެސް ފައިސާގެ އިނާމު ދިން އަދަދުކަމަށްވާ 7000 ރުފިޔާ އެވެ. 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ދެ ބައިންވެސް ޗެމްޕިއަކަން ހޯދީ ކުޅުދުއްފުއްޓެވެ.

މުބާރާތުގެ ބައިވެރިވާ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހެޅުމުގެ ފަހު ތާރީހަކީ މާރޗުމަގުގެ 1 ވަނަ ދުވަހެވެ. ކައުންސިލުން ބުނީ ވޮލީބޯޅަ މުބާރާތާ ބެހޭ މައުލޫމާތު ކަރުދާހާއި ފޯމް އެ ކައުންސިލްގެ ކައުންޓަރުންނާއި ވެބްސައިޓް ލިބެން ހުންނާނެ ކަމަށެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާނަމަ 6528801، 6521633 ނަމްބަރަށް ގުޅުއްވުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355