twitterviber whatsapp telegramfacebookyoutube instagram
14th May 2025

މުއްދަތު ހަމަވެފައިވާ އައިޑީކާޑުތަކަށް ޖޫންމަހުގެ ނިޔަލަށް ހިދުމަތް ދޭން އެދެފި

ޚަދީޖާ އާދަމް
Feb 12, 2021

މުއްދަތު ހަމަވެފައިވާ އައިޑީ ކާޑަށް ހިދުމަތް ދޭން ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން އެދެފި އެވެ.

އެ އިދާރާއިން ބުނީ މުއްދަތު ހަމަވެފައިވާ ކާޑުތައް 2021 ޖޫން 30 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރެވިފައިވާ ކަމަށެވެ. މުއްދަތު ހަަމަވެފައިވާ ކާޑުތަކަށް ހިދުމަތް ދެވޭނެ މުއްދަތު ޖޫންމަހުގެ ނިޔަލަށް އިތުރުކޮށްފައިމިވަނީ އަދި ގިނަ ބައެއްގެ ކާޑުގެ މުއްދަތު ހަމަވެފައިވުމުގެ ސަބަބުން ހިދުމަތް ހޯދުމުގައި ދަތި ކުރިމަތިވާނެ ކަމަށް ފެންނާތީ އެވެ.

ކާޑުގެ މުއްދަތު ހަމަވެފައި އޮތްނަމަވެސް ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓު ލެވޭނެ ގޮތަށް ވެސް ޑީއެންއާރުން ވަނީ ހަމަޖައްސައިފަ އެވެ.

އައިޑީކާޑުގެ މުއްދަތު އިތުރުކުރި ނަމަވެސް ކުރިއެކޭ އެއްގޮތަށް ޑީއެންއާރުގެ ވެބްސައިޓު މެދުވެރިކޮށް ކާޑު ހެއްދުމަށް އޮންލައިންކޮށް ހުށަހެޅޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355